މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
23 ޖެނުއަރީ 2023 - 17:25
ފެމިލީ ކޯޓުން މިއަދުގެ ރީތި ތާރީހުގައި 18 ކައިވެނި ކޮށްފި
މިއަދުގެ ރީތި ތާރީޚުގައި މާލެ ސަރަހައްދުން 18 ކައިވެނިކުރަން ރަޖިސްޓްރީކޮށްފައި ވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ. މިއަދު ފެމިލީ ކޯޓުން ބުނީ މި ދުވަސްކޮޅު ކައިވެނި ކުރާ އަދަދު ދަށްވެފައި ވާކަމަށެވެ.
ހައިޑްރޯގްރަފިކް ސާރވޭ އިހަވަންދިއްޕޮޅުގައި މިއަދު ފަށަނީ
އިހަވަންދިއްޕޮޅު އަތޮޅު ހިމެނޭ ސަރަހައްދުގައި ނިޔަމިކަމަށް ބޭނުންކުރާ ޗާޓު އެކުލަވަލުމަށް ޖޮންއިންޓް ހައިޑްރޯގްރަފިކް ސާރވޭއެއް ކުރަން ނިންމައިފި އެވެ. މީގެ އިތުރުން އެރަށްތަކުގެ ކޯސްޓްލައިން ކުރެހުމަށްޓަކައި ޖީ.ޕީ.އެސް ރިސީވަރާއިއެކު ރަށްރަށުގެ އައްސޭރި ސަރަހައްދުގައިވެސް އެޓިމުން ހަރަކާތްތެރިވާނެ އެވެ.
ދަނގެތި ފެނަށް ޖެހުމުގެ މައްސަލް ޙައްލުކޮށްދިނީ ސްޓެލްކޯއިން
އދ. ދަނގެތީގެ ރައްޔިތުންނަށް ބޯފެން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން ވަގުތީ އިސްކުރުބަރިއެއް މެދުވެރިކޮށް، ދަނގެތީގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓުން އާންމު ބޭނުންތަކަށް ފެންދޫކުރަން ވަނީ ފަށާފައި. pic.twitter.com/A11wcBGCHy— STELCO (@STELCOMALDIVES) January 23, 2023
އދ. ދަނގެތީގެ ރައްޔިތުންނަށް ބޯފެން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން ވަގުތީ އިސްކުރުބަރިއެއް ސްޓެލްކޯއިން ފޯރުކޮށްދީފި އެވެ. ދަނގެތީގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓުން އާންމު ބޭނުންތަކަށް މިހާރު ފެންދޫކުރަން ވަނީ ފަށައިފިއެވެ.
ކޮވިޑް ޖެހިގެން މިދިޔަ ހަފްތާގައި އެޑްމިޓްކުރީ އެކަކު
✳️ COVID-19 : Case Updates pic.twitter.com/Mn3bjk37QT— Health Protection Agency (@HPA_MV) January 23, 2023
މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން އެކަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެ އެވެ. މިމަހުގެ 15އިން 21 ގެ ނިޔަލަށް ރާއްޖެއިން 5 ދިވެހިންނަށް ކޮވިޑް ޖެހިފައިވެއެވެ.
ޔޫޕީއާރްގެ 42ވަނަ ޖަލްސާ މިއަދު ފަށައިފި
މި ޖަލްސާ ކުރިއަށް ގެންދާނީ ދެ ހަފްތާގެ މުއްދަތަކަށް އަދި ނިންމާލާނީ 3 ފެބްރުއަރީ 2023 ގައިެވެ. ޖެނީވާގައި ހުންނަ ރާއްޖޭގެ މަންދޫބު ޑރ. އާސިމް އަހްމަދު މި ޖަލްސާގައި ބައިވެރިވާނެއެވެ.