މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
24 ޖެނުއަރީ 2023 - 18:45
އައްޑޫ ސިޓީގެ 3 ރަށަކުން 500 ގޯތި ދޫކުރަނީ
އެސިޓިގެ ހުޅުދޫ އަދި މީދޫ ހިމެނޭހެން ކޮންމެ ރަށަކުން 2000 އަކަފޫޓްގެ 100 ބަންޑާރަ ގޯތްޗާއި ފޭދޫއިން 1500 އަކަފޫޓްގެ 300 ބަންޑާރަގޯތި ދޫކުރުމަށް ނިންމާފައިވެއެވެ. މި ގޯތި ތަކުގެ ތެރެއިން %90 ގޯތި ދޫކުރާނީ އެރަށެއްގެ ރައްޔިތުންނަށް، %10 ގޯތި ދޫކުރާނީ އެހެން ރަށްރަށު މީހުންނަށެވެ.
މިއަދު މުޅި ރާއްޖެއަށް ވިއްސާރަކުރާނެ: މެޓް
Alert White extended pic.twitter.com/2jd6zuJbd3
— Maldives Meteorology (@MetMaldives) January 24, 2023
މިއަދު މެންދުރު 12:00 އިން ފެށިގެން 18:00ހަމައަށް ވަނީ މުޅި ރާއްޖެއަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. މިވަގުތު ތަކުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުމަކީ އެކަށީގެންވާކަމެއްކަމަށް މެޓު އޮފީހުން މައުލޫމާތުދެއެވެ.
އެއާޕޯޓުން ”ގެއްލުނު” މަސްތުވާތަކެއްޗަށް ޒިންމާވާނެ ބަޔަކު ނުވި
46 ކިލޯ މަސްތުވާތަކެތި ގެއްލުނުކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަސްޓަމާއި ފުލުހުންނަށް ވެސް ކަން ހިނގާދިޔަ ގޮތް ސާފުކޮށް ނުދެއެވެ. މަސްތުވާތަކެއްޗާއެކު ރާއްޖެ އައި މީހަކު ހައްޔަރުކުރިކަން ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހު ކަށަވަރުކޮށްދީފައެވެ.
އައްޑޫ ސިޓީގައި ބަސް ޑީޕް ބިނާކުރަން މަސައްކަތް ކުރަން ފަށައިފި
We have commenced the construction of a Bus Depot at Addu City, Feydhoo. This Bus Depot is being constructed in our efforts to ensure that all our Busses receive the proper repair & maintenance needed for the smooth operations of our @RTLnetwork bus service at Addu City. #RTLbus pic.twitter.com/APvIr5Qx31— MTCC Plc (@MTCCPlc) January 24, 2023
އެމްޓީސީސީ އިން އައްޑޫ ސިޓީ ފޭދޫގައި ބަސް ޑީޕޯ ހެދުމުގެ މަސައްކަތް މިއަދު ފަށައިފިި އެވެ. މީގެ ބޭނުމަކީ ބަސްތަކަށް ބޭނުންވާ ރަނގަޅު މެއިންޓެނަންސް ލިބޭނެ ގޮތް ފަހިކުރުން ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
ވެމްކޯގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފި
📢Announcement pic.twitter.com/6ZaypLlWg8— Waste Management Corporation Limited (WAMCO) (@WAMCOmv) January 23, 2023
މާލޭގެ ގެއަކަށް ކުނި ނަގަން ވަދެ، އެގޭގެ އެޕާޓުމަންޓެއްގެ ދޮރުމައްޗަށް ބޮޑުކަމުދިޔަ ވެމްކޯގެ މުވައްޒަފަކު އެ ކޯޕަރޭޝަނުން ސަސްޕެންޑުކޮށްފިއެވެ. ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލެއް އެ ކުންފުނީގެ މުވައްޒަފު ހިންގާފައިވާ މައްސަލަ އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.