ކަންކަމާ ކަންބޮޑުވާ މީހުންނަށް ހާއްސަކޮށްގެން ފޮތެއް ނެރެފި
31 ޖެނުއަރީ 2023 - 13:30
ކަންތައްތަކާ މާބޮޑަށް ކަންބޮޑުވެ ހާސްވާ މީހުންނަށް ހާއްސަ ފޮތެއް ބާރާޒަށް ނެރެފިއެވެ. މިފޮތް ލިޔެފައިވަނީ ޑރ. އަނާރާ ނައީމެވެ. މިފޮތުގައި ހިމަނާފައިވަނީ އެންޒައިޓީ ނުވަތަ ހާސްވެ ފިކުރުބޮޑުވުމުން އަމަލު ކުރާނެ ގޮތުގެ އިލްމީ އަދި ދީނީ ނަޒަރިއްޔާތުގެ ވާހަކަތަކެވެ.
Thank you Dr.Naz for the Good words about the book. Also I would like to thank Dr. Mohamed Shaheem Ali Saeed and Dr. Shazma pic.twitter.com/TfjCeZBpAv
— Dr. Anara Naeem (@AnaraNaeem) January 31, 2023
ގައުމީ ކުތުބުހާނާގައި ރޭ އޮތް ހަފުލާއެއްގައި އެފޮތް ނެރެދެއްވީ ކްލިނިކަލް ސައިކޮލިޖިސްޓް ޑރ. އައިޝަތު އަލީ ނާޒްއެވެ.
ޑރ. އަނާރާ ވިދާޅުވީ, ދިވެހިންގެ ތެރޭގައި ކަންކަމާ ވިސްނާ ފިކުރުބޮޑުވާ މީހުން މިހާރަކަށް އައިސް ވަރަށް ގިނަވެއްޖެ ކަމަށާއި, ހާސްކަމުގެ ތެރޭގައި ދިރިއުޅޭ މީހުންގެ އަދަދުވެސް ކުރިއަށްވުރެ އިތުރުވަމުން އަންނަ ކަމަށެވެ.
2020ގައި ކޮވިޑް-19ގެ ބަލިމަޑިކަމުގެ ތެރެއިން މި މައްސަލަ ފެންމަތިވިކަން ފާހަގަކުރެވިގެން ދިޔަކަމަށާއި ގޭގައި ބަންދުވެ, ދިރިއުޅުމަށް އައި ބަދަލުގައި އެތައް ބަޔަކަށް ނަފްސާނީ މައްސަލަތަކާ ކުރިމަތިވަމުންދިޔަކަމަށް ޑރ. އަނާރާ ވިދާޅުވިއެވެ.
އެ އިވެންޓްގައި ވާހަކަ ދައްކަވަމުން ޑރ. އިނާރާ ވިދާޅުވީ, އެ ފޮތް ލިޔުއްވި އިރު އެންމެ ބޮޑު އިސްކަމެއް ދެއްވީ އަމިއްލައަށް މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި ކޮބައިކަން ކިޔުންތެރިންނަށް ބުނެދިނުމަށް ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގެ އަލީގައި ހިތްވަރު ދިނުމަށްޓަކައިވެސް އެތައް ވާހަކައެއް އެ ފޮތުގައި ހިމެނޭ ކަނަށްވެސް ވިދާޅުވިއެވެ.
މި ފޮތގައި ހިމެނޭނީ ފިކުރުބޮޑުވާ ހާލަތްތަކުގައި އަމިއްލައަށް އެޅި, ހިތްވަރު ލިބިގަންނާނެ އެތައް ވާހަކައެކެވެ. ފޮތް ލިޔުމުގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މާހިރުންނާއި, ޑޮކްޓަރުންނާ ވާހަކަދައްކަވައި, ދީނީ ގޮތުން ކަން އޮންނަ ގޮތް ބެލުމަށް މުހިންމު ދިރާސާތެކެއް ފޮތް ލިޔުމަށްޓަކައި ކޮށްފައިވެއެވެ.
މި ފޮތުގެ އަގަކީ 150 ރުފިޔާއެވެ. މި ފޮތް ލައިބްރަރީތަކާއި ފޮތް ވިއްކާ ފިހާރަތަކުން ލިބެން ހުންނާނެއެވެ.