ރިޕޯޓް: ސްކޫލަށް ދާން ބޭނުން ނުވާ ކުދިން ގިނަވަމުން އަންނަނީ ކީއްވެ؟
1 ފެބުރުއަރީ 2023 - 15:31
ޖަނަވަރީ 30 ވަނަ ދުވަހު ބެލެނިވެރިޔަކު ކޮށްފައިވާ ޓްވީޓެކެވެ.
PART 1
— Inn sharyf (@inn_sharyf) January 30, 2023
What are schools hoping to achieve by being mean to little children?
In which context is it okay for a teacher to say “you are irritating” at an 8 year old child.
In which universe is it ok to say “I don’t like talking to you”.
އޭގައި އޭނާ ބަޔާންކޮށްފައިވަނީ ސްކޫލު ޓީޗަރެއްގެ އަންޕްރޮފެޝަނަލް ކަމާއި ހަރުކަށި ކަމުގެ ވާހަކައެވެ. 8 އަހަރުގެ ދަރިވަރަކާ ދިމާލަށް ތިއީ ވަރަށް ބޮލަށް އުނދަގޫވާ ފާޑަށް އުޅޭ ކުއްޖެކޭވ، ވާހަކަދައްކާކަށް ބޭނުމެއް ނޫނޭ އެ ޓީޗަރު ބުނިކަމަށް ބެލެނިވެރިޔާ ލިޔެފައިވެއެވެ. މިއީ އާ ވާހަކައެއް ނޫނެވެ. ޓީޗަރުންގެ ޓްރެއިނިންތަކަށް އެތައް ބައިވަރު ފައިސާއެއް ހޭދަކުރި ނަމަވެސް ކުދިންގެ ނަފްސާނީ ކަންކަމަށް ރިއާޔަތްކޮށް އެކުދިންނާއި މުއާމަލާތުކުރަން ނޭނގޭ އަދި، ރަނގަޅަށް ކިޔަވައިދޭންވެސް ނޭނގޭ ޓީޗަރުން ވަރަށް ގިނަ ކަމުގެ ޝަކުވާ އަކީ ބެލެނިވެރިންގެ ބޮޑު ޝަކުވާއެކެވެ. ހަމަ މިއާއި އެކު، މިފަދަ ކަންކަމުގެ ސަބަބުން އެންޒައިޓީ ހުންނަ ކުދިން ހާއްސަކޮށް ސްކޫލަށް ދިޔުމަށް ދެކޮޅުހަދާ ވާހަކަ ސައިކޮލޮޖިސްޓުންވެސް ބުނެއެވެ.
Teaching Degree eh othakas kuluneh nethiyyaa meehunga loabivaa dharin tharubiyathu kohdheykah qualify eh nuvey.
This whole thread needs to be heard. Things need to change.
Our kids are not okay with going to school. So many of them hate it now. https://t.co/gc2plBuPVl— aisha (@eishasq) January 31, 2023
ސައިކޮލޮޖިސްޓަކު ނިކަމާއި މެދު ވާހަކަދައްކަމުން ބުނެފައިވަނީ ރާއްޖޭގައި ނިއުރޯ ޑައިވާސް ކުދިން މިހާރު ވަރަށް ގިނަ ނަމަވެސް ސްކޫލުތަކުން ތިބީ އެކުދިންނަށް ތައުލީމު ދިނުމަށް ތައްޔާރުވެގެން ނޫންކަމަށެވެ. މިސާލަކަށް، އޭޑީއެޗްޑީ ހުންނަ ކުދިން ކްލާހުގައި ސަމާލުކަން ނުދީ ހުރުމަކީ ނޯމަލް ކަމެއް ކަމަށާއި އެކުދިންނަށް ކިޔަވައިދޭން ޖެހޭނީ ވަކި މެތަޑްތަކެއް ބޭނުންކޮށްގެން ކުދިން ބޮޑަށް އެންގޭޖް ކޮށްގެން ކަމަށް އޭނާ ގަބޫލުކުރެއެވެ.
“20 މިނެޓު ވަންދެން ޓީޗަރުގެ މޫނަށް ބަލަހައްޓައިގެން ފިލާވަޅު އަޑުއަހަން ނުހުރެވޭނެ އޭޑީއެޗްޑީ ހުންނަ ކުއްޖަކަށް. އެއީ އެކުއްޖާގެ މައްސަލައެއް ނޫން. މައްސަލައަކީ އެކުއްޖާއަށް ކިޔަވައިދޭންވީ ގޮތް ޓީޗަރުންނަށް ނޭނގުން. ނުވަތަ އެގޮތަށް ތަމްރީނު ނުލިބި ތިބުން” ރާއްޖޭގެ ޕްރައިވެޓް ކްލިނިކެއްގައި މަސައްކަތްކުރާ ސައިކޯސޯޝަލް ތެރަޕީތޭ ސައިކޮލިޖިސްޓް ބުނެފައިވެއެވެ.
Everytime I hear of such a case, the school is complicit in covering it up in support of the teacher. The children should not suffer like this. If schools cant handle special needs children or children in general, Ministry should allow homeschooling. https://t.co/2BDo9Uim69— p3st (@p3st) January 31, 2023
މުޖުތަމައާއި، ދަރިވަރުން ބަދަލުވަމުން އަންނަ މިންވަރަށް ސްކޫލުތަކުން ތައްޔާރުނުވުމާއި، އަދިވެސް އެންމެ ބޯދާ ޒަމާނުގެ އުސޫލުން ކުދިންނާއި މެދު ހަރުކަށި ވުމާއި، ކްލާސްތެރޭގައި ކުދިން ލަދުގަންނަވާލުމާއި، ރޮއްވާލުމަކީ ޓީޗަރުންގެ އާއްމުކަމެއްކަމަށް ދަރިވަރުން އަދި ބެލެނިވެރިންގެ ވާހަކަތަކުން އެނގެއެވެ. ލާނިން ޑިސަބިލިޓީ އެއް ނުހުންނަ އެތައް ދަރިވަރުންނެއް ވެސް ޓީޗަރުންގެ އިހުމާލުގެ ސަބަބުން ތައުލީމީ ނޒާމުން ބާކީވެފައި އެބަތިއްބެވެ. އިންކްލޫސިވް އެޑިއުކޭޝަން ޕޮލިސީ އެއް އޮތް ނަމަވެސް މިހާރު ކަންހިނގާ އުސޫލުގެ ސަބަބުން އެތައް ގިނަ ދަރިވަރުންނެއް ބާކީވާކަމީ ހަގީގަތެއް ކަން އައްޑޫ ސްކޫލެއްގެ ޕްރިންސިޕަލަކު ވެސް ފާހަނގަކުރިއެވެ. އޭނާ ބުނެފައިވަނީ ހުރިހާ ކުދިން އެއް ކުލާހެއްގައި އެއް ސިލަބަހަކަށް އެއް މެތަޑަކަށް ކިޔަވައިދުނުމަކީ ބޮޑު ޗެލެންޖެއް ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން ރާއްޖެއަށް މޮންޓިސޫރީ ޓީޗިން މެތަޑް އަލުން ތއާރަފްކުރުމުގެ މަސައްކަތް ކުރުމަށް ވިސްނާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މިނޫހަށް މައުލޫމާތު ދިން ސައިކޮލޮޖިސްޓް ބުނި ނަމަވެސް މިނިސްޓްރީ ގެ ބަހެއް މިކަމާއި މެދު ލިބޭގޮތެއް ނުވެއެވެ. މޮންޓިސޫރީ ސްކޫލިން އަކީ ކްލާސްރޫމުގައި އެކި ކުދިން އެކި މަސައްކަތް ކޮށް އެކުއްޖަކު ބޭނުންވާ އެއްޗެއް ކިޔެވުމުގެ މިނިވަންކަން ދެވޭ ގޮތަށް އޮންނަ ސްކޫލިން މެތަޑެކެވެ. މިސާލަކަށް ހިސާބު ގަޑީގައި ހިސާބު ކިޔަވަން ބޭނުން ނުވާ ނަމަ އެގަޑީގައި ފޮތެއް ކިޔުމުގެ މިނިވަންކަން ނުވަތަ ކުރެހުމުގެ މިނިވަންކަން ދަރިވަރަށް އޮންނާނެއެވެ. ނުވަތަ އެވަގުތު ލައިބްރަރީ އަށް ދިޔުމުގެ މިނިވަންކަން އޮންނާނެއެވެ. ހުރިހާ ކުދިން އެކައްޗެއް އެއްގޮތަކަށް ކިޔަވަން މަޖުބޫރު ކުރާ ނިޒާމަށް ވުރެ މި ނިޒާމު ރަނގަޅުކަމަށް ދުނިޔޭގެ އެހެން ގައުމުތަކުގެ ތަޖުރިބާކާރުންވެސް ގަބޫލުކުރެއެވެ. ހުރިހާ ސްކޫލެއް މި ގޮތަށް ބަދަލުނުކުރި ނަމަވެސް ބައެއް ސްކޫލުތައް މޮންޓިސޫރީ ސްޓައިލަށް ބަދަލުކުރުމަކީ ތަޖުރިބާ ކޮށްލަން ރަނގަޅުކަމެއް ކަމަށް ގަބޫލުކުރަންތޯއެވެ؟