މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

2 ފެބުރުއަރީ 2023 - 19:11

އެއާޕޯޓްސް ކޮމްޕެނީ އިން 200 އަށް ވުރެ ގިނަ މީހުން އެކި ދާއިރާތަކުން ތަމްރީނު ކުރަނީ

•    ކުރިއަށް 3 އަހަރުގެ ތެރޭގައި 225 މީހަކު ތަމްރީނުކުރާނީ އެޕެރަންޝިޕް ޕްރޮގްރާމެއްގެ ތެރެއިން

advertisement

•    ފުރަތަމަ ބުރުގައި ތަފާތު 20 ދާއިރާއަކުން 75 މީހަކަށް ތަމްރީނާއި ތަޖުރިބާ ހޯދައި ދޭނެ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދީފައިވޭ

ޑިންގީއަކުން ޖެހި ގެސްޓަކު މަރުވި މައްސަލާގައި ޑިންގީގެ ކައްޕި ހައްޔަރުކޮށްފި

•    އޭނާ އަކީ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުނެފައިވޭ.

•    މޫދަށް އެރި އުޅެނިކޮށް އޭނާގެ ގައިގެ މަތިން ޑިންގީ ދިއުމުގެ ސަބަބުން މަރުވި ގެސްޓު މީހާގެ އެއް އަތް ބުރިވެ، ކަރާއި ބަނޑު ކަފައިގެން ގޮސްފައި ވާއިރު ގޮހޮރު ވެސް އޮތީ ނުކުމެފައި

އއ. މަތިވެރިން ގެއްލުނު މީހާ އަދިވެސް ނުފެނޭ

•    ހަސަންފުޅު އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަންގާރަ ދުވަހު މަގްރިބް ނަމާދުން ފޭބި ވަގުތު އެރަށު ބަނދަރުމަތިން ކަމަށް އެރަށު މީހުން ބުނޭ

•    އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ އެރަށު ކައުންސިލާއި ކޯސްޓްގާޑު އަދި ރައްޔިތުން ގުޅިގެން.

ހޯޕް ކޮންފަރެންސްގެ ނަމުގައި ޕީޕީއެމް އިން ކޮންފަރެންސް އެއް ފަށައިފި

•    މި ކޮންފަރެންސް ގައި 1157 މަންދޫބުން ބައިވެރިވާ މި ކޮންފަރެންސް ކުރިއަށް ދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް.

•    މި ކޮންފަރެންސް ގައި މައިގަނޑު ގޮތެއްގައި ކުރުމަށް ހަމަޖެހިފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ހަރަކާތްތަކާއި ދަތުރުތައް ކުރިއަށް ގެންދާނެ ގޮތް ރޭވުން ކަމަށް އެޕާޓީ އިން މައުލޫމާތުދީފައިވޭ

ސިޔާސީ މަގާމުތަކުގައި ތިބެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ހަދާ މީހުންނަށް އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށް ސަރުކާރުން ބުނެފި

•    މިއަދު އޮތް ނިއުސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާނު ބުނީ ގަބޫލުނުކުރައްވާ ސިޔާސަތުތަކެއް ތަންފީޒުކުރެއްވުމަށް މުސާރަ ނަންގަވައިގެން ބޭފުޅުން ތިއްބަވަން ޖެހޭކަމަށް ގަބޫލުނުކުރައްވާ ކަމަށް

•    އެހެންކަމުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ހައްދަވާ ބޭފުޅުން ތިއްބަވާނަމަ އެކަންކަން ބަލައި ފިޔަވަޅު އަޅަން ޖެހޭނަމަ އެ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ބުނެފައިވޭ

ރިއެކްޝަންސް
0
0
0
0
0
0
0