ހޯރަފުށީ އެއާޕޯޓުގެ ޖެޓީ ހެދުމުގެ ބޮޑުބައެއް ނިމިއްޖެ

7 ފެބުރުއަރީ 2023 - 11:16

ހއ. ހޯރަފުށީ އެއާޕޯޓުގެ ޖެޓީ ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ޕްރޮޖެކްޓް ދަށުން މިހާތަނަށް 72 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.

advertisement

ހޯރަފުށީ އެއާޕޯޓުގެ ޖެޓީގެ މަސައްކަތް ފެށިފައިވަނީ 7 ސެޕްޓެމްބަރު 2022ގައެވެ.

މި މަޝްރޫއުގެ ދަށުން 18،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި ޕްރީކާސްޓް އެލް ބްލޮކްސް ބޭނުންކޮށްގެން ޖެޓީ ހެދުން ހިމެނެއެވެ. އަދި ޖިއޯބޭގް ރިވެޓްމަންޓެއް ޖެހުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހައުސިން އެންޑް އިންފްރާންސްޓްރްކްޗާ މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 5.65 މިލިއަން ރުފިޔާ އަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0