މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

11 ފެބުރުއަރީ 2023 - 16:58

ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވައިފި

  • މިއީ މާލޭ ސަރަޙައްދުން ދަތުރުދާން ޚާއްޞަކޮށްގެން ސަރުކާރުން ތަރައްޤީކުރި ރަށެއް
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭގޮތަށް ތަރައްޤީކޮށްފައިވާ ރަށެެއް
  • ބަންދުދުވަސްތަކުގައި ހިލޭ އެރަށަށް ދެވޭނެ

ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވާލަދޭ ޕްލެޓްފޯމެއް ޤާއިމްކުރަނީ

  • ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދިނުމަށް އިފާޑުއާއި ސަރުކާރުން ޕްރޮގްރާމެއް ފަށައިފި
  • މިޕްރޮޖެކްޓްގެ ދަށުން ދަނޑުވެރިކަމުގެ ވިޔަފާރިވެރިންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށްވަނީ ހަމަޖެހިފަ
  • މިރަޖިސްޓްރީ ގެ ޒަރީއާއިން ރާއްޖޭގައި ދަނޑުވެރިކަމުގެ ވިޔަފާރރީގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޑޭޓާބޭސްއެއް ޤާއިމްކުރެވިގެން ދާނެ

ތުރުކީއަށާއި ސީރިއާއަށް އެއް މިލިއަން މަސްދަޅު ހަދިޔާކުރަނީ

  • 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ތުރުކީއަށާއި ސީރިއާ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި
  • އެގޮތުން ދިވެހި ސަރުކާރުން ތުރުކީއަށާއި، ސީރިއާއަށް އެއް މިލިއަން ކަނޑު މަސްދަޅު (ކޮންމެ ޤައުމަކަށް ފަސް ލައްކަ) ހަދިޔާކުރެއްވުމަށް ރައީސް ނިންމަވައިފި

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

  • މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޚާއްޞަ ޙަފްލާއެއް ބާއްވައިފި
  • މި ޙަފްލާގައި ތަޢުލީމީ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ މިނިސްޓްރީގެ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހަނދާނީ ފިލާ އަރުވާފައިވޭ

ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކާއެކު “ލިމިޓްލެސް” ސޯޝަލް މީޑިއާ ޑޭޓާ، ކޯލްސް އަދި އެސް.އެމް.އެސް

  • ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ގެނެވުނު ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް މިހާރު “ލިމިޓްލެސް” ސޯޝަލް މީޑިއާ، އެސް.އެމް.އެސް އަދި ކޯލްސް ލިބޭނެ
  • އަޕްގްރޭޑްކުރަން ބޭނުންވާ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑްކޮށްލެވޭނެ
ރިއެކްޝަންސް
0
0
0
0
0
0
0