ތުނބުޅި ބާލަން މަޖުބޫރުކުރުމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން ރިޒޯޓު މަސައްކަތްތެރިން ތުނބުޅި ބޭލުން ހުއްޓާލަނީ

19 ފެބުރުއަރީ 2023 - 10:40

ކޮންމެ ދުވަހަކު މަސައްކަތަށް ނިކުތުމުގެ ކުރިން ތުނބުޅި ބާލައި އޮމާން ކުރަން މަޖުބޫރުކޮށް ހަދާފައިވާ ރިޒޯޓު ޕޮލިސީ ބަދަލުކުރުމަށް އެދި މަސައްކަތްތެރިން ޕެޓިޝަނެއްގައި ސޮއި ކުރަމުން އެބަ ގެންދެއެވެ. ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ފަރާތުން މިހާރު ވަނީ އެ ޖަމިއްޔާ އާއި ގުޅިގެން ޔޫނިއަން ހަދާފައިވާ 7 ރިޒޯޓުގެ ތެރެއިން 6 ރިޒޯޓުގެ ޕެޓިޝަންތައް ރިޒޯޓު މެނޭޖްމަންޓު އަދި ސަރުކާރުގެ ކަމާއި ބެހޭ މިނިސްޓަރަށް އަރުވާފައެވެ.

އަނެއް ރިޒޯޓަކީ މީގެ ކުރިން ޕެޓިޝަން ހުށައަޅައިގެން ތުބުޅި ބެހެއްޓުމުގެ ހުއްދަ ދީފައިވާ ތަނެކެވެ.

advertisement

ޔޫނިއަންއާ ނުގުޅި ތިބި ރިޒޯޓުތަކުގެ މުވައްޒަފުންވެސް މިހާރު އަންނަނީ މި ޕެޓިޝަންގައި ސޮއި ކުރަމުންނެވެ. މިކަމާއި މެދު ވާހަކަ ދައްކަވަމުން ޓީމް ގެ ފަރާތުން މައުރޫފް ވިދާޅުވީ ގާނޫނު އަސާސީގައި ކަނޑައެޅިގެން މަނާ ކަމެއް ކަމުގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެހެން ކަމެއް މަނާ ކުރެވޭނީ އެކަމަށް ހާއްސަ ގާނޫނެއްގެ ދަށުން ކަމަށް ވާއިރު, މިކަމަކީ ގާނޫނީ މައްސަލައެއް ކަމުގައި ގަބޫލުކުރައްވާ ކަމަށާއި އަދި މިއީ މަސައްކަތްތެރިންގެ އިންސާނީ ހައްގަކަށް އަރައިގަންނަ ގަތުމެއް ކަމަށެވެ.

“ދީނީ ގޮތުން ވެސް މިއީ މަނާ ކުރެވިގެންވާނެ ކަމެއް ނޫން. ތުބުޅި ބޭލުން މަޖުބޫރުކުރުވުމަކީ އިންސާނީ ކަރާމާތަށް އަރައިގަތުން. ބައެއް މީހުންގެ ސިއްހަތާއި ވެސް މިކަމާއި ގުޅޭ. މިއީ އަނިޔާވެރި ހަރުކަށި ބޯދާ އުސޫލެއް.”

މިފަދަ ޕެޓިޝަނެއް ހަދައިގެން ޓީމްގެ ފަރާތުން ވަނީ ތުބުޅި ބެހެއްޓޭ ގޮތަށް ވެސްޓިން ރިޒޯޓުގެ ޕޮލިސީ ބަދަލު ކޮށްފައެވެ. އެއީ 2020 ވަނަ އަހަރުގައެވެ. އޭގެ ފަހުން އެ ރިޒޯޓުގެ މަސައްކަތްތެރިންނަށް ޔޫނިއަން ވުމަށް ވެސް ފުރުސަތުވެސް މެނޭޖްމަންޓުން ވަނީ ދީފައެވެ. ޓީމްގެ ފަރާތުން ނެގި ފޭސްބުކް ޕޯލްގައި 7000 އަށް ވުރެ ގިނަ މީހުން ވޯޓު ލާފައިވާއިރު އޭގެތެރެއިން 93 ޕަސަންޓް މީހުން ވޯޓުލާފައިވަނީ ތުނބުޅި ބެހެއްޓުން ހުއްދަ ކުރަން ފެންނަ ކަމަށެވެ. ޕެޓިޝަންގައި ސޮއި ކުރި ރިޒޯޓުތަކުގެ ހުރިހާ މުވައްޒަފުން ސޮއި ކުރި އިރު ހަމަ އެކަނި ސޮއި ނުކުރަނީ ރިޒޯޓުތަކުގެ މެނޭޖްމަންޓުގެ މީހުން ކަމަށް ވެސް އޭނާ މައުލޫމާތު ބުނެފައިވެއެވެ. މިހާރު ޕެޓިޝަން ހަވާލުކުރި ރިޒޯޓުތަކުގެ ތެރެއިން އާނަންތަރާ އިން ބުނެފައިވަނީ މިކަމަށް ހުއްދަ ދެވެން ނެތް ކަމަށް ކަމުގައި މަޓޭ މައުލޫމާތު ދެއެވެ.

މިފަހަރު 6 ރިޒޯޓެއްގެ ޔޫނިއަންގެ ފަރާތުން މި ހުށައަޅާ ޕެޓިޝަންގެ ފަހުން ވެސް ތުބުޅި ބޭލުން މަޖުބޫރު ކުރާނަމަ އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން އެ ހުރިހާ ރިޒޯޓުތަކުގެ ފިރިހެން މަސައްކަތްތެރިން ވަނީ ތުބުޅި ބޭލުން ވަކި ދުވަހަކުން ފަށައިގެން ހުއްޓާލުމަށް އެއްބަސްވެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން ކަމުގައިވާ މެރިއޮޓް ގެ ރިޒޯޓުތަކުގައި ވެސް ތުބުޅި ބޭލުން މަޖުބޫރުކަމެއްގެ ގޮތުގައި. ނުވެއެވެ. ސާފުތާހިރުކަމާއި ތުބުޅި އާއި ގުޅުން އޮތީ ގަދީމީ ޒަމާނުގައި ތުބުޅި ބޭލޭނެ ގޮތެއް ނެތުމުގެ ސަބަބުން ހަމުގެ ބަލިތައް ޖެހި, އުކުނު އެޅުން ފަދަ ކަންކަން ކުރިމަތިވީ ޒަމާނުގައެވެ. އެއީ ސާފުތާހިރުވުމަށް އެއްވެސް ވަސީލަތެއް ނެތް ޒަމާނުގައެވެ.

ޒަމާނަށް އައި ބަދަލާއި އެކު މި ގަބޫލުކުރުން ބަދަލުވެ ދިގު ތުނބުޅި ފެޝަނަކަށް ވެސް ބަދަލު ވެއްޖެއެވެ. ދުނިޔޭގެ އެކި ލަގްޒަރީ ރިޒޯޓުތަކުގައި ވެސް ތުބުޅި ބެހެއްޓުމުގެ ހުއްދަ އޮވެއެވެ. ޕޮލިހުންނާއި ސިފައިން ތުބުޅި ބާލަން ޖެހެނީ ކުރާ މަސައްކަތުގެ ގޮތުން ބޭނުންކުރަން ޖެހޭ މާސްކު ފަދަ ތަކެތި އެޅުމުގައި ރައްކާތެރިގޮތަށް މާސްކު އެޅުމަށާއި ހަނގުރާމަ މަތީގައި ދާހިއްލައި ސާފުކުރުމަށް ދަތިވާ ހިނދު ހަމުގެ ބަލިތަކުން ރައްކާތެރިވުމަށެވެ. ބައެއް ގައުމުތަކުގެ މިލިޓަރީ އަދި ޕޮލިހުންނަށް ވެސް ގްރޫމްކޮށްގެން ވަކި މިންވަރަކަށް ތުބުޅި ބެހެއްޓުމުގެ ހުއްދަވެސް އޮވެއެވެ. ރިޒޯޓު މުވައްޒަފުންގެ ހާލަތު ހުރީ ތުބުޅި ނުބާލައިގެން ސާފުތާހިރުކަމަށް އަސަރުކުރާނެ ގޮތަކަށް ނޫނެވެ. ކޮންމެ ވަގުތަކުވެސް މޫނު ދޮވެލައި ގްރޫމް ވެވޭނެ ފަދަ މަސައްކަތު މާހައުލެއްގައި ތިބޭ ބަޔަކަށް ތުބުޅި ބާލަން މަޖުބޫރުކުރުމަށް ދުނިޔަވީ ހަމަތަކުން ބަލާއިރު އެއްވެސް ހުއްޖަތެއް ސަބަބެއް ނެތް ކަމަށް މިކަމަށް ވަކާލާތުކުރާ މަސައްކަތްތެރިން ގަބޫލުކުރެއެވެ.

ޔޫނިއަނައިޒްވެ މަސައްކަތް ކޮށްގެން މީގެ ކުރިން ދުނިޔޭގެ މަސައްކަތްތެރިން ވަނީ ގިނަ ކާމިޔާބުތަކެއް ހޯދާފައެވެ. މިގޮތުން, 8 ގަޑި އިރަށް މަސައްކަތު ވަގުތު ބަދަލުކުރުމާއި, ހަފްތާ ބަންދާއި ޗުއްޓީ ތަކަކީ މަސައްކަތްތެރިން ހަޅުތާލުކޮށްގެން ހޯދާފައިވާ ހައްގުތަކެވެ. ރާއްޖޭގައި މިވަގުތު ހިންގާ ރިޒޯޓުތަކުގެ ތެރެއިން ލަގްޒަރީ 62 ރިޒޯޓުގައި މަޖުބޫރުން ތުބުޅި ބޭލުން ވަނީ މިހާރު ހުއްޓާލާފައެވެ.

ރިއެކްޝަންސް
2
14
1
0
0
1
1