މޫދު ލޮނު ފެނުން ހަމާއި އިސްތަށިގަނޑު ވަރުގަދަކޮށްދޭ

21 ފެބުރުއަރީ 2023 - 12:25

މޫދަށް ދިޔުމަކީ އޭގައި އެތަކެއް ފައިދާތަކެއް އެކުލެވޭ ކަމެކެވެ. މުޅި ހަށިގަނޑަށް ކަސްރަތު ލިއްބައިދިނުމުގެ އިތުރަށް ހަންގަނޑާއި ބޮލުގެ އިސްތަށިގަނޑަށް ވެސް މޫދު ލޮނުން ގިނަ ފައިދާތަކެއް ލިބެއެވެ. ލޮނު ފެނުގައިވާ މިނެރަލްސް އަދި ނިއުޓްރިއެންޓްސް ގެތެރޭގައި ހިމެނޭ ހަންގަނޑަށް ފައިދާ ލިބޭ ބަޔަކީ މެގްނީޒިއަމް, ކެލްސިއަމް, އަދި ޕޮޓޭސިއަމްއެވެ. މި މާއްދާތަކުން ހަންގަނޑުގަ ހުންނަ ޑެޑް ސެލްތައް ސާފުކޮށްދީ, ހައިޑްރޭޓްކޮށްދެއެވެ. އާއްމުގޮތެއްގައި ފެން ބޮވުން މަދުވެ މޫނުމަތި މިލާގޮތް ވެއްޖެ ނަމަ ވެސް މޫދަށް އެރިލުމުން މޫނުމަތި ހައިޑްރޭޑްވެ އުޖާލާވާނެއެވެ. ހަމަ އެއާއި އެކު ކްލޮގްވެ ނުވަތަ ބެދިފައި ހުންނަ ލޯވަޅުތައް ވެސް މޫނުމަތިން ސާފުވުމަށް މޫދު ލޮނު އެހީތެރިވެއެވެ. 

މޫދު ފެނުން އިސްތަށިގަނޑުވެސް ހައިޑްރޭޓް ވުމަށް އެހީވެދީ ބޮލުން ހަންފޮޅުމާއި ސްކަލްޕް އިންފެކްޘަންތަކުން ވެސް ސަލާމަތްވުމަށް އެހީތެރިވެއެވެ .  . 2016ވަނަ އަހަރު އިންޓަނޭޝަނަލް ޖާނަލް އޮފް ޓްރިކޮލޮޖީ އިން ހެދި ދިރާސާއަކުން ދައްކާގޮތުން މޫދު ލޮނުން ބޯތެންމުމަށްފަހު ސާފު ފެނުން ބޯ ދޮތުމުން ސްކަލްޕް އަދި އިސްތަށި ދުޅަހެޔޮވެއެވެ. އަދި ބޯ ހިރުވުމާއި ޑާމަޓައިޓިސް ހުންނަ މީހުންގެ ހަންގަނޑަށް ބޮޑެތިބަދަލުތަކެއް އައިކަން ވެސް ފާހަނގަކޮށްފައިވެއެވެ.   ނަމަވެސް މޫދަށް އެރޭ ވަގުތު އިސްތަށިގަނޑުގައި އޮލިވް އޮއިލް ނުވަތަ ކާށި ތެޔޮ ކޮޅެއް އުނގުޅައިގެން މޫދަށް ދިޔުމުން އިސްތަށިގަނޑު އަވިން ޑްރައިވުން ހުއްޓޭނެއެވެ. ލޮނުފެނާ އެކު ގިނަވަގުތު ފެންނުވަރައި ހުރެފި ނަމަ ހަންގަނޑާއި އިސްތަށިގަނޑު ޑްރައިވާނެއެވެ. އެހެންކަމުން މޫދަށް ދިޔުމަށްފަހު ވީހާވެސް އަވަހަކަށް ސާފު ފެނުން ގަޔާއި އިސްތަށިގަނޑުން ލޮނު ފިލުވާލަންވާނެއެވެ. 

advertisement

މޫދުލޮނުން ހަމަށާއި އިސްތަށިގަނޑަށް ފައިދާ ލިބޭކަން ދިރާސާތަކުގެ އަލީގައި ފެންނަން ހުރި ނަމަވެސް ގަދަ އަވީގައި މޫދުގައި ގިނަ ވަގުތު އުޅޭ ނަމަ އަތްވާއި މޫދުލޮނަކީ ރަނގަޅު ކޮމްބިނޭޝަން އަކަށް ނުވެދާނެއެވެ. ސަބަބަކީ ގިނަ ވަގުތު ލޮނުން ތެމިގެން އަވީގައި ނުވަތަ އަވީގައި ނުޖެހި ވިޔަސް ގިނަ ވަގުތު ހުރުމަކީ ހަންގަނޑާއި އިސްތަށިގަނޑު ޑްރައިވެ ހަޑިވާނެ ކަމެއްކަން ވެސް ދިރާސާތަކުން ދައްކައެވެ. ވީމާ އިރުގެ އަވިން ރައްކާތެރިވުމަށް ސަންބްލޮކް އުނގުޅައިގެން, އަދި އިސްތަށިގަނޑުގައި ތެޔޮ އުނގުޅައިގެން އަވި މަޑު ވަގުތެއްގައި މޫދަށްގޮސް ލޮނު ފެނުގައި ފަތާލުމަކީ ހަންގަނޑު އުޖާލާވެ އިސްތަށިގަނޑު ވެސް ހައިޑްރޭޓްވެ ވޭވީ ވުމަށްވެސް އެޅޭ ބާރަކަށް ވާނެއެވެ. މި ބަދަލު ދެދުވަހު ފަތާލިއަސް އިހުސާސްވާނެއެވެ. އެންމެ މުހިންމީ އަވި މަޑު ވަގުތަކު މި ފައިދާ ހޯދުމެވެ

ރިއެކްޝަންސް
1
0
0
0
0
0
0