މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

23 ފެބުރުއަރީ 2023 - 17:28

“އިންޓަނެޓް ބޭންކިން ޕާސްވޯޑް ބަދަލުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުއަޅުއްވާ”

  • ޕޮލިސް ސާވިސްއިން އިލްތިމާސް ކުރަނީ އީމެއިލް ޕާސްވޯޑާއި އިންޓަނެޓް ބޭންކިންގ ޕާސްވޯޑް ބަދަލުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް
  • ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގެ (ފޭސްބުކް ޓުވިޓަރ، އިންސްޓަރގްރާމް) ޑޭޓަރ ބްރީޗްތަކުގައި ވެސް ދިވެހިރާއްޖޭގެ އެތައް ބައެއްގެ ޑޭޓާ (ލޮގްއިން ކްރެޑެންޝަލްސް) މިހާރުވެސް އިންޓަނެޓްގައި ލީކުވެފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައި

ދަރަންޏާމެދު ކަންބޮޑުވުމެއް ނެތް: މިއުވާން

  • ދަރަންޏާއި މެދު ކަންބޮޑުވުމެއް ނެތް ކަމަށާއި ދަރަނި ނުދެއްކިދާނެ ކަމަށް ބުނެ ދައްކަނީ ސިޔާސީ ވާހަކަ ކަމަށް ތަރުޖަމާނު މިއުވާން މިއަދު ބުނެފި
  • މިއުވާން މިހެން ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި

ގުރައިދޫ ދާއިރާގެ މެންބަރު ރިޒާ ނިޔާވެއްޖެ

  • ކ.ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ރިޒާ އިއްޔެރޭ ނިޔާވެއްޖެ
  • ރިޒާ ދުނިޔެ ދޫކޮށްފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަމުން ދަނިކޮށް

އެމްޑަބްލިއުއެސްސީގެ ލެބް އިކުއިޕްމަންޓް ކެލިބްރޭޝަން ސާވިސް އިފްތިތާހްކޮށްފި

  • އެމްޑަބްލިއުއެސްސީގެ ލެބް އިކުއިޕްމަންޓް ކެލިބްރޭޝަން ސާވިސް ތައާރަފްކޮށްފި 
  • މި ހިދުމަތަކީ އެކި ތަހުލީލުތައް ހެދުމަށް ޓަކައި ލެބޯޓަރީގައި ބޭނުންކުރެވޭ އިކުއިޕްމަންޓް އެއްވެސް މައްސަލައެއް ހުރިތޯ ދެނެގަތުމަށް ޓަކައި ތައާރަފްކުރެވޭ ހިދުމަތެއް

ފޭސް 2ކަށް ސިޓީ ކައުންސިލްގެ ބާރު ހިނގާނެ: މުއިއްޒު

  • ހުޅުމާލެ އަކީ މާލެ ސިޓީގެ ބައެއް ކަމާއި މާލެ ސިޓީ ކައުންސިލްގެ އިޙްތިޞާސްގައި ފޭސް 2 ހިމެނޭނެ ކަމަށް މާލެ ސިޓީ މޭޔަރ މުއިއްޒު އަންގައިފި
  • އަދި ފޭސް 2 ކައުންސިލާ ހަވާލުނުކުރިޔަށް އެ ތަނަށް ގާނޫނީ ބާރުވެރިކަން ހިނގާނެކަމަށްވެއް ބުނި
ރިއެކްޝަންސް
0
0
0
0
0
0
0