އަޔާދީ ތަކާފުލްގެ ގެސްޓްހައުސް ނެޓްވަރކިންގ އިވެންޓަށް އަށް ބޮޑު ތަރުހީބެއް

26 ފެބުރުއަރީ 2023 - 13:16

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލްއިން މާލެ ސަރަހައްދުގައި ގެސްޓްހައުސް ވިޔަފާރިކުރަމުންދާ ފަރާތްތަކަށް ހާއްސަ ނެޓްވަރކިންގ އިވެންޓެއް ކުރިޔަށް ގެންގޮސްފިއެވެ.

މާފުށީގައި “ގެސްޓހައުސް ނެޓްވަރކިންގ ލައިންޗިއަން”ގެ ނަމުގައި މިއަދު ކުރިޔަށްގެންދިޔަ މިއިވެންޓުގައި ގެސްޓްހައުސް ވިޔަފާރިކުރަމުންދާ ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ.

advertisement

ގެސްޓްހައުސްތަކާއި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް އެފަރާތްތަކަށް އިންޝުއަރަންސްގެ ފައިދާ ލިބިގަނެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް ހިޔާލު ހޯދުމުގެ މަގުސަދުގައި ރޭވި މިއިވެންޓަށް ދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އަޔާދީއިން ވަނީ މިހަރަކާތަށް ވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ. އަދި ކުރިޔަށް އޮތްތަނުގައި، ޕްރޮޑަކްޓްތައް ތަރައްގީކުރުމުގައި މިއަދު ލިބިގެންދިޔަ ހިޔާލުތަކަށް ބިނާކޮށް ހައްލު ހޯދޭނެ އުސޫލުތަކަށް އިސްކަންދޭނެކަމަށް އަޔާދީއިން ވަނީ ފާހަގަކޮށްފައެވެ.

އެލައިޑް އިސްލާމިކް ވިންޑޯ؛ އަޔާދީއިން ދަނީ މިހާރުވެސް “ގެސްޓްހައުސް ތަކާފުލް”ގެ ނަމުގައި ގިނަ ގުނަ ކަވަރޭޖްތަކެއް ހިމެނޭ ޕްލޭންތަކެއް ފޯރުކޮށްދެމުންނެވެ. 3 ގިންތިއަކަށް ބަހާލައިގެން ދެމުންގެންދާ މިހިދުމަތް ފަރުމާ ކުރެވިފައިވަނީ އަގުގެ ގޮތުންނާއި ކަވަރޭޖްގެ ގޮތުން ކޮންމެ ވިޔަފަރާރިވެރިއަކަށްވެސް މިރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށެވެ. އެގޮތުން ގެސްޓްހައުސް ތަކާފުލް ހިދުމަތުގެ ތެރެއިން ކަވަރޭޖް ލިބޭ ހާލަތްތަކުގެ ތެރޭގައި ގުދުރަތީ ހާދިސާތަކުން ލިބޭ ގިނަ ގެއްލުންތަކާއި، އެޑް-އޮންސް އަދި އެކްސްޓެންޝަންސް މެދުވެރިކޮށް ޕްލޭން ޕަރސަނަލައިޒް ކުރުމުގެ ފުރުސަތުވެސް ފަހިވެފައިވާ ކަމުގައި އަޔާދީއިން ފާހަގަކުރެއެވެ.

“ގެސްޓހައުސް ނެޓްވަރކިންގ ލައިންޗިއަން”ގެ ތެރެއިން ކުރިޔަށް ދިޔަ އިތުރު ހަރަކާތްތަކުގެ ތެރޭގައި ސޯޝަލް މީޑިޔާގެ ދުނިޔޭގައި ގެސްޓްހައުސް ވިޔަފާރި ޕްރޮމޯޓުކޮށް، އިތުރު ދޮރުތައް ހުޅުވޭނެ އުކުޅުތަކާއި ބެހޭގޮތުން އެލައިޑް އިންޝުއަރަންސް ކުންފުނީގެ ސީސީއޯ ޔޫލިއަނާ ރުސޭއި ވަނީ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. އަދި މި ނެޓްވަރކިންގ އިވެންޓް ނިންމާލާފައިވަނީ ހަރަކާތުގައި ބައިވެރިވި އެންމެހާ މެމްބަރުންނަށް އެރުވި ހާއްސަ ކެއުމަކުންނެވެ.

ފުޓަރ ނޯޓް: އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ؛ “އަޔާދީ ތަކާފުލް” އަކީ އިސްލާމީ ޝަރީޢާގެ އާސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯއެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0