ޓޭޒާ ގަން އަކީ ކިހިނެތްވާ އެއްޗެއް؟
28 ފެބުރުއަރީ 2023 - 9:58
ޓޭޒާ ގަން ނުވަތަ ސްޓަން ގަން އަކީ ހައި ވޯލްޓޭޖް ޝޮކެއް ދީގެން ވަގުތީ ގޮތުން މީހާގެ ހަރަކާތްތައް ހުއްޓުވާލުމަށް ބޭނުންކުރާ ހަތިޔާރެވެ. މީހާގެ ހަށިގަނޑަށް ކަރަންޓު ޝޮކްދޭ މި ހަތިޔާރު އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ 1960 ވަނަ އަހަރު، ކުއްތާ ފަދަ ޖަނަވާރުތަކަށް ޝޮކް ދީގެން މައިތިރިކުރުމަށެވެ.
އޭގެ ފަހުން ޓެކްނޮލޮޖީ ބޭނުންކޮށް މި ހަތިޔާރުވަނީ އެކި ގޮތްގޮތަށް މޮޑިފައިކޮށްފައެވެ. މިހާރު މި ހަތިޔާރަކީ އެކި ގައުމުތަކުގެ ފުލުހުން ބޭނުންކުރާ ހަތިޔާރެކެވެ. އަދި އަމިއްލަ ދިފާއުގައި ވެސް ބައެއް ގައުމުތަކުގެ ރައްޔިތުން މި ގަން ބޭނުންކުރެއެވެ. ނަމަވެސް މީގެ ބޭނުމާއި އޭގެ ނަތީޖާ އާއި މެދު ބަހުސްކުރެވެއެވެ.
Roll-out of Conducted Energy Weapon (Taser) begins today with High Visibility Policing teams in Male’. Sergeant & above ranked officers who had undergone certification training will be authorised to carry & use this prevalent, less lethal weapon for the first time at @PoliceMv. pic.twitter.com/cn3g91PVQP— Mohamed Hameed (@M_Hameedh) February 26, 2023
ހާއްސަކޮށް ޒިންމާދާރުކަން ކުޑަ ގޮތުގައި މި ހަތިޔާރު ބޭނުންކުރުމާއި މެދުއެވެ. ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި މިއީ އިންސާނުންނާއި ދެކޮޅަށް ބޭނުންކުރުން ރައްކާތެރި އެއްޗެއް ނޫނެވެ.
ޓޭޒާ ގަންގެ ނުރައްކަލަކީ ކޮބާ؟
މި ހަތިޔާރާއި ދެކޮޅަށް ދެކެވޭ އެންމެ މުހިންމު އެއް ވާހަކައަކީ ސިއްހީ އެކި މައްސަލަތައް ހުންނަ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ގަޔަށް މި ބަޑި ޖަހައިފިނަމަ މީހާ ވަގުތީގޮތުން ހުއްޓުމުގެ އިތުރުން އެހެން ބޮޑެތި ސިއްހީ މައްސަލަތައް ކުރިމަތިވާނެ ކަމުގެ ހުއްޖަތާއި ވާހަކަތަކެވެ.
ޓޭޒާ ގަން ބޭނުންކުރާ ގައުމުތަކުގައި ފުލުހުންގެ އަތުން މީހުން މަރުވުމުގެ ހާދިސާތައް ވެސް ހިނގާފައިވެއެވެ. މި ހަތިޔާރުން ދޫކޮށްލާ ހައި ވޯލްޓޭޖް ޝޮކްގެ ސަބަބުން ގައިގެ މަސްތަކުގައި ރިއްސުމާއި ހޭނެތުމާއި ބައެއް ހާލަތްތަކުގައި ހިތްހުއްޓި މަރުވުން ވެސް ހިމެނެއެވެ.
އިއްޔެއިން ފަށައިގެން ރާއްޖޭގެ ފުލުހުންވެސް ވަނީ ޓޭޒާ ގަން ބޭނުންކުރަން ފަށާފައެވެ. މިއީ މީހުން މައިތިރިކުރުމަށް ބޭނުންކުރާ ނޮން-ލީތަލް ނުވަތަ މީހާ މަރުނުވާނޭ ފަދަ ހަތިޔާރެއްގެ ގޮތުގައި ޕްރޮމޯޓުކުރި ނަމަވެސް ހަގީގަތަކީ މި ހަތިޔާރުގެ ސަބަބުން އާއްމުންނަށް ހައްގަކާއި ނުލައި ބޮޑެތި އަނިޔާ ލިބުމުގެ ފުރުސަތު އޮތްކަމެވެ.
ފުލުހުންގެ އަނިޔާވެރިކަމުގެ ވާހަކައަކީ މިގައުމުގެ މީޑިއާތަކުން، ހާއްސަކޮށް ސިޔާސީގޮތުން ގައުމު ހަލަބޮލިވާ ދުވަސްވަރު ގިނައިން ދެކެވޭ ވާހަކަތަކެވެ. އާއްމުންގެ މޫނަށް ޕެޕާސްޕްރޭ ޖެހުމާއި ލަޓިބުރިން ތެޅުމާއި، ގަދަބާރު ބޭނުންކޮށް އަނިޔާވާގޮތަށް އާއްމުންނާއި ކުރިމަތިލުމަކީ ސިޔާސީ މުޒާހަރާތަކުން ފެންނަ މަންޒަރުތަކެވެ.
ފުލުހުންގެ އަނިޔާގެ ސަބަބުން މިހާރުވެސް މީހުން މަރުވުމުގެ ހާދިސާތައް ހިނގާފައި އެބަހުރިމެއެވެ. މިކަމާއި މެދު ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވެސް ނުރުހުން ފާޅުކުރަމުންނެވެ.
in july 2019 a video was leaked of @PoliceMv officers beating a man and using a brick to hit him.
now @M_Hameedh has decided to arm this same police force with tasers with the absolute public confidence that the maldives police with their history of brutality WILL misuse them https://t.co/GlrDecDohT pic.twitter.com/HAUud71fWD— xiena saeed 🎈 (@dorinbakedbeans) February 27, 2023
ކުށްތަކަށް އަރައިގަންނަ މީހުންގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން އާއްމު ހިނދު، މި ހަތިޔާރުން ލިބޭ ޝޮކުން މީހާ މަރުވުމަކީ ވެދާނެ ކަމެކެވެ. މިކަމަށް އެހެން ގައުމުތަކުގެ ތަޖުރިބާއިން ހެކި ލިބެއެވެ.
ކުށްވެރި އެއްވިއަސް ނޫންވިއަސް އެއްވެސް އިންސާނަކާއި ދެކޮޅަށް މީހާ މައިތިރިކޮށް ހުއްޓުވުމުގެ ގޮތުން މި ގަން ބޭނުންކުރުމަކީ ރައްކާތެރި އަދި ޒިންމާދާރުކަމެއްގެ ގޮތުގައި ގަބޫލުކުރުމުގެ ޖާގަ ކުޑައެވެ. އެއީ ފުލުހުން ބާރު ބޭނުންކުރާ މިންވަރާއި އަދި އޭގެ ނަތީޖާއަށް ޒިންމާދާރުކުރުވުމުގެ ހަރުދަނާ ނިޒާމެއް ނެތުމުގެ ސަބަބުންނެވެ.
ޖަވާބުދާރީކުރުވޭނެ ހަރުދަނާ އުސޫލުތަކެއް ނެތުމުންނެވެ. ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް، ހަމަނުޖެހުންތައް ކޮންޓްރޯލު ކުރުމަށް އަނިޔާވެރި ނޫން އެހެން ގޮތްތައް ހޯދުމަކީ ނުކުރެވޭވަރުގެ ކަމެއް ނޫނެވެ.
Where can one find the specific operational rules for the use of taser, human rights safeguards against misuse & abuse including disciplinary measures. All citizens have a legitimate right to be wary of any increment in coercive power of govt agents. @M_Hameedh @ibusolih @hrcmv https://t.co/mSbroAWfpJ— Ahmed Shaheed (@ahmedshaheed) February 27, 2023
ޔޫއެންގެ ހާއްސަ ރެޕަޓުއާކަން ވެސް ކޮށްފައިވާ އަދި އިންސާނީ ހައްގުތަކާއި ބެހޭ ޕްރޮފެސަރ ޑރ. އަހުމަދު ޝަހީދުވެސް ވަނީ ޓޭޒާ ގަން ބޭނުންކުރުމުގެ ޚާއްޞަ އޮޕަރޭޝަނަލް އުޞޫލުތަކަކީ ކޮބައިތޯ އާއި އަދި އިންސާނީ ޙައްޤުތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ނަހަމަ ގޮތުގައި ފުލުހުން މި ހަތިޔާރު ބޭނުންކުރުން ހުއްޓުވާނެ އުޞޫލުތައް ކޮބައިތޯ ސުވާލުކޮށްފައެވެ. އަދި ފުލުހުންގެ ބާރު އިތުރުވެއްޖެނަމަ އެކަމަށް ސަމާލުވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.