ހުޅުމާލެ ބާބަކިއު އޭރިއާ މިހާރު ފޭސް 2ކުގައި
4 މާޗް 2023 - 10:44
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާބަކިއު އޭރިއާއެއް ގާއިމުކޮށްދީފިއެވެ.
މިސަރަހައްދު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ހިޔާސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ބާބަކިއު އިވެންޓެއް އެޗްޑީސީގެ ފަރާތުން ވަނީ ބާއްވާފައެވެ. އިއްޔެ ހަވީރު ކުރިއަށްދިޔަ މި އިވެންޓުގައި ހިޔާ ކޮމިއުނިޓީ ތަކުގެ އިން ބޭފުޅުންނާއި، އަދި އެޗްޑީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
pic.twitter.com/f4fxd9585S— HDC (@hdcmaldives) March 3, 2023
މީގެ އިތުރުން ހިޔާ ސަރަހައްދުގައި މިހާރު ކުރަމުންދާ ގިނަގުނަ މަސައްކަތްތައް ކުރުމުގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިޔާލާއި މަޝްވަރާ ހޯދައި، ރައްޔިތުން ބޭނުންވާ ގޮތަށް އެސަރަހައްދަށް ތަރައްޤީ ގެނައުމަކީ އެޗްޑީސީގެ އަމާޒެއް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ހުޅުމާލޭގައި ބާބަކިއު ހަދާނެ ސަރަހައްދެއް ގާއިމުވެގެން ދިއުމަކީ މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ފަސޭހަކަމެއްކަމުގައި މި ކޯޕަރޭޝަނުން ގަބޫލުކުރަމެވެ.