މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

15 މާޗް 2023 - 19:55

ދުވާލަކު 120 ޓަނުގެ މަސްކިރުވޭ ބޯޓެއް މިފްކޯއަށް

މިފްކޯގެ މަސްކިރާ ބޯޓު ފްލީޓަށް އަލަށް އިތުރުކުރާ 4 ބޯޓުގެ ތެރެއިން، ފުރަތަމަ ބޯޓު އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަންނާނެކަމަށް މިފްކޯއިން ބުނެފި

advertisement

ފްލީޓަށް އިތުރުކުރާ އާ މަސްކިރާ ބޯޓު “ޖަޒީރާ 103” ބޯޓު ކޮރެއާއިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުކަމަށް މިފްކޯއިން މަޢުލޫމާތުދޭ

ތިލަފުށި ފޭސް 2 ގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީގެ ދަށަށް ތިލަފުށި ބަދަލުކުރުމާއެކު، އެޗް.ޑީ.ސީން ވަނީ ތިލަފުށި ޒަމާނީ އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާ، ތިލަފުށީގެ މާސްޓަރ ޕްލޭން އެކުލަވާލާފައި

އިންޑަސްޓްރިއަލް މައި ހަބުގެ ގޮތުގައި ތިލަފުށި ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާގެ ހާބަރ ކުންފުންޏާއި

ރަމަޟާންމަހު އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތައް ދޭ ގަޑިތަކަށް ބަދަލުތަކެއް

ލެބޯޓްރީގެ ޚިދުމަތްތަކަށް ބަލާއިރު ޓެސްޓުތައް ހެދުން ކުރިއަށްދާނީ ހެނދުނު 8 އިން ހަވީރު 5 ޖެހުމާއި ހަމައަށް

އަދި ކައިގެން ދެގަޑިއިރުފަހުން ހަދާ ލޭގެ ޓެސްޓުތައް ހެދުން ރަމަޟާންމަހު ކުރިއަށްދާނީ ރޭގަނޑު 8 އިން 10 ދެމެދުކަމަށް އައި.ޖީ.އެމް.އެޗްއިން ވިދާޅުވި

ވިލާ ކޮލެޖުގެ މެއި އިންޓޭކުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އަންނަ މެއިމަހު ފެށުމަށް ހަމަޖެހިފައިވާ އިންޓޭކުގައި އެކި ދާއިރާތަކުން ޖުމްލަ 139 ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ވިލާ ކޮލެޖުން ވަނީ ހުޅުވާލާފައި

މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 16 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ / ސެޓްފިކެޓް ފެންވަރުގެ 9 ކޯހަކާއި، ޑިގްރީ ފެންވަރުގެ 38 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 29 ކޯހަކާއި، ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 16 ކޯހަކާއި، ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯސް ފެށުމަށް ހަމަޖެހިފައިވޭ

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

މިބިލަކީ 27 ފެބުރުއަރީ 2023ގައި ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެއް

މިބިލްގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ، ދައުލަތުން ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާގުޅޭ އުސޫލުތަކާއި، ދައުލަތުގެ ފައިސާއިން ޚާއްޞަ އެހީ ދިނުމާގުޅޭ އުސޫލުތަކާއި، ދައުލަތުގެ ފައިސާ ހިސާބުކުރުމާއި އަހަރީ ބަޖެޓު އެކުލަވާލުމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުން

 

ރިއެކްޝަންސް
0
0
0
0
0
0
0