އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހައިޕަރމާކެޓް ކޮންސެޕްޓަށް އެއް އަހަރު
16 މާޗް 2023 - 11:39
އެސްޓީއޯ ޕީޕަލްސް ޗޮއިސް، ހައިޕަރ މާކެޓް ކޮންސެޕްޓަށް ބަދަލުކޮށް ހުޅުވިތާ އެއް އަހަރު ފުރުން އެސްޓީއޯއިން ފާހަގަކޮށްފިއެވެ. އެސްޓީއޯގެ ޓްރޭޑް ސެންޓަރުގެ ބޮޑު މަރާމާތަކަށްފަހު ޒަމާނީ ބަދަލުތައްގެނެސް، އަމިއްލަ ފަރާތްތަކަށް ވިޔަފާރި ކުރެވޭގޮތަށް ފުރުސަތު ދެވިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވާފައިވަނީ 15 މާރޗް 2022 ގައެވެ.
އެސްޓީއޯގެ މި ކާމިޔާބު ކޮންސެޕްޓާއެކު ޕީޕަލްސް ޗޮއިސްގައި އާއްމުން ފަރާތްތަކުން ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ރެކް ހޯދުމުގެ ވާދަވެރިކަން ބޮޑުވުމާއެކު އެސްޓީއޯއިން މިހާރު ގެންދަނީ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާވެސް ޢާއްމު ވިޔަފާރިތަކަށް ހުޅުވާލުމަށްޓަކައި މަރާމާތުކުރުމުގެ މަސައްކަތްކުރަމުންނެވެ.
މީގެ އިތުރުން ކެއުންބުއިމަށް ބޭނުންކުރާ ދިވެހި އުފެއްދުންތަކަށް ހާއްސަ ރެކްއެއް ކުއްޔައް ދޫކުރުމަށްޓަކައި ތައްޔާރުކުރެވި އާންމުންނަށް ހުޅުވާލުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި އަމިއްލަ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ޕީޕަލްސް ޗޮއިސްގެ ތެރޭގައި ހިލޭ ފުރުސަތު ދިނުމަށް ވާންޖެހޭ ތައްޔާރީތަށް ދަނީ ވެވެމުންނެވެ. އުންމީދަކީ ދިވެހި އަމިއްލަ އުފެއްދުތެރިކަމަށްވެސް ކާމިޔާބު ފުރުސަތުތަކެއް ތަނަވަސް ކޮއްދިނުމެވެ.
ޕީޕަލްސް ޗޮއިސްގެ އަހަރީ ދުވަހާ ގުޅިގެން އޮތީ ކޮން ކަމެއް؟
- އެސްޓީއޯ ޕީޕަލްސް ޗޮއިސް، ހައިޕަރ މާކެޓް ކޮންސެޕްޓަށް ބަދަލުކޮށް ހުޅުވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިޔަށްގެންދެވޭ ހަރަކާތްތަކުގެ ތެރެއިން، މާރޗު 15 ވަނަ ދުވަހު ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާއިރު ގުރުއަތުން ހޮވޭ ހަތަރު ބޭފުޅަކަށް ފަސް ހާސް ރުފިޔާގެ ގިފްޓް ވޮއުޗަރ އެއް ލިބިވަޑައިގަންނަވާނެއެވެ.
- ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަރގްރަމް އަދި ފޭސްބުކްގައި ޝެއަރ އެންޑް ވިން ޕްރޮމޯޝަނެއް އަގުހުރި އިނާމުތަކާއެކު މާރޗު 15 ވަނަ ދުވަހު، ކުރިޔަށް ގެންދެވޭނެވެ.
- މިހާރު ކުރިޔަށްދާ ރަމަޒާން ބާޒާރުގެ އިތުރަށް މާރޗު 16 ން 22 އަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އިތުރު ޑިސްކައުންޓްތަކާއެކު ޕްރޮމޯޝަނެއް ކުރިޔަށް ގެންދެވޭނެއެވެ.
- މާރޗް 15 ވަނަ ދުވަހުގެ އެކި ގަޑިތަކުގައި އެސްޓީއޯގެ ބްރޭންޑްތަކުގެ ރަހަ ދައްކާލުން އަދި ހަދިޔާ ބެހުން ކުރިޔަށްގެންދެވޭނެއެވެ.
- މާރޗް 15 ވަނަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރެއިން ރެންޑަމްކޮށް، ސަޕްރައިސްއެއްގެ ގޮތުގައި 10 ފަރާތަކަށް އަގުހުރި އިނާމްތަކެއް ދެވިގެންދާނެއެވެ.