މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

16 މާޗް 2023 - 22:36

މިއަހަރުގެ ސްޓޫޑެންޓް ލޯނަށް އެދި 1،507 އެޕްލިކޭޝަން ހުށަހަޅައިފި

ސްޓޫޑެންޓް ލޯނަށް އެދި 1،507 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހޯދުމުގެ ގޮތުން ލޯނަށް އެދުމަށް ހުޅަވާލާފައިވަނީ 720 ފުރުސަތު

advertisement

ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރަން ހުއްދަ ނަގަން ނުޖެހޭ ގޮތަށް ނިންމައިފި

ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެ ކުރުމުގެ ހުއްދަ ހޯދުމަށް ލާޒިމްކޮށްފައި އޮތް އޮތުން ޓްރާންސްޕޯޓް މިނިސްޓްރީން އުވާލައިފި

ގަވާއިދުގައި ވަނީ L10 ހުއްދަ ހޯދުމަކާ ނުލައި އުޅަނދު ފަހަރު ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނެ ކަމަށް

ރަޖިސްޓްރީނުކޮށް ހިންގާ ސްކީމްތަކުން ގެއްލުމެއް ލިބިފައިވާނަމަ ރިޕޯޓްކުރަން އަންގައިފި

ރަޖިސްޓްރީނުކޮށް ހިންގާ ސްކީމްތަކުން މާލީ ގެއްލުމެއް ލިބިފައިވާނަމަ ރިޕޯޓްކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އަންގައިފި

ސީއެމްޑީއޭ އިން ވިދާޅުވީ މާލީ ސެކިއުރިޓީޒްގެ މުއާމަލާތުގެ ތެރޭގައި ހިމެނޭ އެއްވެސް ބާވަތެއްގެ މުއާމަލާތެއް، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް އެކަމަށް ނަގަންޖެހޭ ހުއްދަ ނުނަގައި ނުވަތަ ލައިސެންސް ނުނަގައި، ހިންގުމަކީ ނުވަތަ އެގޮތަށް ދޭހަވާފަދަ ގޮތަކަށް އިޝްތިހާރުކޮށް އަމަލުކުރުމަކީ މަނާކަމެއްކަމަށް

ރާއްޖޭގައި އޮނުގަސް އިންދާ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ

ދިވެހިރާއްޖޭގެ ރަށްތައް ހަނަފަސްވިޔަ ނުދީ ފެހިކަން އިތުރުކުރުމަށް ހިންގާ “ރަށްފެހި ޕްރޮގްރާމް” ގެ ދަށުން އޮނުގަސް އިންދާ އާލާކުރުމުގެ ޕްރޮގްރާމެއް ފެށުމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓުން ތައްޔާރުވެއްޖެ

މަތިން، ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލްކުރުމަށް، އެޓްމޮސްފެއަރ ފައުންޑޭޝަނާއެކު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޕްރޮޖެކްޓްގެ ދަށުން، އޮނުގަސް ރާއްޖޭގައި އިންދާ އާލާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވި

އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް ވިއްކާ އަގު އިތުރަށް ހެޔޮކޮށްފި

އެސްޓީއޯ އިން މިއަދު ބުނީ މިއަދުން ފެށިގެން ފިޔާ، އަލުވި އަދި ބިސް ކޭހުގެ އަގުން ފަސް ޕަސަންޓް ހެޔޮ ކޮށްފައިވާ ކަމަށް

އެ ބަދަލާއެކު މިހާރު ފިޔާ ބަސްތާއެއް 160 ރުފިޔާއަށް، އަލުވި ބަސްތާއެއް 240 ރުފިޔާއަށް އަދި ބިސް ކޭހެއް 280 ރުފިޔާއަށް ގަންނަން ލިބޭނެ ކަމަށް އެސްޓީއޯއިން ބުނޭ

ރިއެކްޝަންސް
0
0
0
0
0
0
0