ބަރަހަނާ މަންޒަރު ބެލުމުން ސިކުނޑި އިތުރަށް ނުކުޅުދުންތެރި ހާލަތަށް ބަދަލުކޮށްދޭ
22 މާޗް 2023 - 11:03
އިންޓަނެޓްގެ ހިދުމަތް ތައާރަފްވުމަށްފަހު ބަރަހަނާ މަންޒަރު ބަލާ މިންވަރު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ދުނިޔޭގެ އެންމެ ބޮޑު ފްރީ ޕޯން ސައިޓްތަކަށް 2018 ވަނަ އަހަރު އެކަނިވެސް 33.5 ބިލިއަން ސައިޓަށް ޒިޔާރަތްކޮށްފައިވެ އެވެ.
ސައިންސުން މިހާރު ވަނީ ޕޯން ބެލުމުން ނިއުރޮލޮޖިކަލް އަސަރުތައް ހާމަވާން ފަށައިފަ އެވެ. ނަމަވެސް އޭގެ ފުޅާ ދާއިރާއެއްގައި ބެލުންތެރިންގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިންސީ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން މިހާރުވެސް އެނގެ އެވެ.
ބަރަހަނާ މަންޒަރު ބެލުމުން ކުރާ އަސަރު
- ދިގު މުއްދަތުގައި ޕޯނޯގްރަފީގެ ސަބަބުން ޖިންސީ ނުކުޅެދުންތެރިކަން އުފެދޭ ކަމަށް ފެނެ އެވެ. ހާއްސަކޮށް ހަޔާތުގެ ބައިވެރިޔަކާ އެކު އިރެކްޝަން ނުވަތަ އޯގަޒަމް ހާސިލް ނުކުރެވުމެވެ. އަދި ކައިވެނީގެ ކޮލިޓީ އާއި އެމީހެއްގެ ރޮމޭންޓިކް ބައިވެރިޔާއަށް ކުރާ ކޮމިޓްމެންޓަށް ވެސް އުނިކަމެއް އައުން.
- ދިރާސާތަކުން ދައްކާ ގޮތުގައި ޑޮޕަމައިންއްށް އަންނަ ބަދަލުތަކުގެ ސަބަބުން ޑިޕްރެޝަނާއި އެންޒައިޓީ އަށް މަގުފަހިވުން.
- ޕޯން ނުބަލާ މީހުންނަށް ވުރެން ޕޯން ބަލާ މީހުން، ޑިޕްރެޝަންގެ އަލާމާތްތައް އިތުރުވުމާއި ދިރިއުޅުމުގެ ފެންވަރު ދަށްވުމާއި ނަފްސާނީ ދުޅަހެޔޮކަން ދަށްކަމަށް ރިޕޯޓްކުރުން.
އެހެންކަމުން މީގެ އެންމެ ބޮޑު ހިތާމައަކީ ޕޯން އިން ޖިންސީ ހިތްހަމަޖެހުން ހޯދައިދޭނެ ކަމަށް ހިތައްއެރި ނަމަވެސް އެއާ ހިލާފަށް އެކަން ވާތީއެވެ.
ރިއެކްޝަންސް
1
1
3
1
2
1