މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
22 މާޗް 2023 - 22:38
މި ރަމަޟާން މަހު، އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް ރައީސް އިލްތިމާސްކުރައްވައިފި
މި ރަމަޟާން މަހު، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ކީރިތި ޤުރްއާން ކިޔެވުމުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ތަރާވީޙް ނަމާދާއި އެހެނިހެން އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފި
މަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، 1444 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި
ހުޅުމާލޭގައި އިޝްތިހާރު ބަހައްޓާ އުސޫލަށް ބަދަލުތަކެއް
ކަރުދާސް އަދި ފޮތި ބޭނުންކޮށްގެން ހުޅުމާލޭގައި އިޝްތިހާރުކުރަން ހުއްދަދިނުން ހުއްޓާލުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ނިންމައިފި
ހުޅުމާލެއަކީ ހިތްފަސޭހަ، ސާފުތާހިރު އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރެވިގެންދާ ސިޓީއަކަށް ހެދުމަށް އެސިޓީގެ މާސްޓަރޕްލޭންގައި ވަރަށް ބޮޑަށް ބާރުއަޅާ
ރޯދަމަހަށް ޙާއްސަކޮށްގެން ދިރާގުން ކަސްޓަމަރުންނަށް ޙާއްސަ އޮފަރތަކެއް
ދިރާގުން މި ރަމަޟާންމަހު ކޮންމެ ދުވަހަކު އިނާމުތަކާއި ކޮންމެ ހަފުތާއަކު “ބޮޑު ހަދިޔާ”އާއެކު ރޯދަމަހަށް ޚާއްސަ ޕްރޮމޯޝަންތަކެއް އިއުލާނުކޮށްފި
ދިރާގު ބޮޑު ހަދިޔާއާއެކު އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ‘މައިޑިއާ’ ބްރޭންޑްގެ އަގުހުރި ހޯމް އެޕްލައިންސް ޕެކެއް ލިބުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައި
ހަކަތަރި ޕްރޮގްރާމާއެކީ 800 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެ
ސަރުކާރުން ފަށާފައިވާ ހަކަތަރި ޕްރޮގްރާމްގެ ސަބަބުން 2030 ވަނަ އަހަރާ ހަމައަށް ދާއިރު 800 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ޚަދީޖާ ނަސީމް ވިދާޅުވެއްޖެ
ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމުގެ ގައުމީ ކެމްޕެއިން އިފްތިތާހުކޮށްދެއްވާ ވާހަކަ ދައްކަވަމުން
ކޮރެއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުގެ ގުޅުން އަލުން ޤާއިމުކުރަން މަޝްވަރާކުރައްވައިފި
ރިޕަބްލިކް އޮފް ކޮރެއާގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ސީނިއަރ ސެކްރެޓަރީ ޓު ދަ ޕްރެސިޑެންޓް ފޮރ ޕޮލިޓިކަލް އެފެއާޒް، ލީ ޖިން ބޮކް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމްއާ ބައްދަލުކުރައްވައިފި
މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި