މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

25 މާޗް 2023 - 19:20

ރިޔާސީ އިންތިޚާބު މޮނިޓަރ ކުރަން ބޭރުގެ އޮބްޒާވަރުންނަށް ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު މޮނިޓަރކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވޭ

އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވާން ބޭނުންވާ ބޭރުގެ ފަރާތްތަކަކީ އެމީހަކު ތަމްސީލްކުރާ މީޑިއާއެއް ނުވަތަ ޖަމްއިއްޔާއަކުން އެކްރެޑިޓް ކޮށްފައިވާ މީހަކަށް ވާންޖެހޭ

advertisement

އައްޑޫސިޓީގައި 1500 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ އިސްލާމީ މަރުކަޒެއް ބިނާކުރަނީ

އައްޑޫސިޓީގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފި

 މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި މަސައްކަތުގެ ކޮންޓްރެކްޓަރ ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒް

މެރިޓައިމް ދާއިރާއިން ދެ ސްކޮލާޝިޕަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

އެގޮތުން ސްކޮލާޝިޕް ހުޅުވާލާފައިވާ ދާއިރާއަކީ މާސްޓާސް އޮފް ލޯ އިން އިންޓަނޭޝަނަލް މެރިޓައިމް ލޯ އަދި މާސްޓާސް އޮފް ހިއުމަނިޓީސް އިން އިންޓަނޭޝަލް މެރިޓައިމް ލެޖިސްލޭޝަން

ކޮންމެ ކޯހަކުން ވެސް ހުލުވާލާފައި ވަނީ އެންމެ ފުރަސަތެއް

މާލެ ތެރޭގެ ބަސް ދަތުރުތައް އިރުއޮއްސި 6އިން 9އާ ދެމެދު މެދުކަނޑައިލަނީ

އެމްޓީސީސީން މާލޭގައި ދެމުން އަންނަ މިނީ ބަހުގެ ޚިދުމަތް އިރުއޮއްސި 18:00އިން ފެށިގެން 21:00އާ ދެމެދު މެދުކަނޑައިލާ ގޮތަށް ބަސް ދަތުރުތަކަށް ބަދަލު ގެނެސްފި

މެންދަމު 00:15ގައި އަލުން ޚިދުމަތް މެދުކަނޑައިލާނެ

ޖެންޑާ މިނިސްޓްރީއަށް ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ޖެންޑާ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ “ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ތައްޔާރުކުރަން ބޭނުންވާ އެ ފިލްމަކީ ދެމަފިރިންގެ ފުރިހަމަ ބައިވެރިވުމާ އެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި އުފާވެރިކަމާއި ކުރިއެރުން ދައްކުވައިދޭ ފިލްމެއް ކަމަށް

އެ ފިލްމުގެ ދިގު މިނަކީ 90 މިނިޓް ކަމަށްވެސް ބުނެފައިވޭ

 

ރިއެކްޝަންސް
0
0
0
0
0
0
0