މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
29 މާޗް 2023 - 20:01
ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަޤާމަށް ވަޙީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރގެ މަޤާމަށް މ. ބަނަފްސާވިލާ, އިބްރާހީމް ވަޙީދު މިއަދު ޢައްޔަންކުރައްވައިފ
އިބްރާހިމް ވަހީދަކީ، 2009އިން 2012އަށް ސަރުކާރުގެ އިސްމަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ. މިގޮތުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީގެ މަޤާމާއި، ނެޝަނަލް ސޯޝަޕް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންކަމުގެ މަޤާމު ފުރުއްވާފައިވޭ
ވިނަރެސް ފްލެޓުގެ ޕޮއިންޓް އެއްވަރުވި މީހުންގެ ގުރުއަތު ނަގަން ފަށައިފި
ވިނަރެސް ފްލެޓްގެ ދާއިމީ ލިސްޓުގައި، ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ ތަރުތީބު ކަނޑައެޅުމަށް ގުރު ނަގަން ފަށައިފި
އެޗްޑީސީން ބުނީ ޕޮއިންޓްގެ ގޮތުން އެއްވަރުވި ފަރާތްތައް ތަރުތީބުކުރުމަށް ނަގާ ގުރުއަތަށްފަހުގައި، ބުކިންގ ފީ ނެގުމާއި “ވިނަރެސް” އެޕާޓްމަންޓް އިޚްތިޔާރުކުރުމުގެ ފުރުޞަތު ދޭނެކަމަށް
މަޝްހޫރު ބީޗް ކްލަބް ބްރޭންޑް ނަމްމޯސް އިން ރާއްޖޭގައި ރިސޯޓެއް ހުޅުވަނީ
މަޝްހޫރު ބީޗްކްލަބް ބްރޭންޑް، ނަމްމޯސް އިން ރާއްޖޭގައި ރިސޯޓެއް ހުޅުވަން ނިންމާފައިވާ ކަމަަށް އެ ކުންފުނިން ބުނެފި
ނަމްމޯސް ހޮޓެލްސް އެންޑް ރިސޯޓްސް ހިންގުމަށް ހަމަޖެހިފައިވަނީ އަބޫދާބީގެ އިންވެސްޓްމަންޓް ހޯލްޑިން ކުންފުންޏެއް ކަމަށްވާ އަލްފާ ދާބީ އާއި މޮންޓެރޮކް އިންޓަނޭޝަނަލް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއެއް ދަށުން
ކުނި އެތެރެ ކުރުމުގެ ހުއްދަދޭ މާއްދާ ބަދަލުކޮށް، އެއީ މަނާކަމެއްކަމަށް ކަނޑައަޅައި ގާނޫނަށް އިސްލާހު ހުށަހަޅައިފި
ރާއްޖެއަށް ކުނި އެތެރެ ކުރެވޭގޮތަށް އޮތް މާއްދާ ބަދަލުކޮށް، އެއީ މަނާކަމެއްކަމަށް ކަނޑައަޅައި ކުނި މެނޭޖު ކުރުމާބެހޭ ގާނޫނު އިސްލާހު ކުރަން ހުށަހަޅައިފި
މިއަދު ސަރުކާރުން ހުށަހަޅައިގެން މަޖިލީހަށް ތައާރަފުކުރި ބިލެއްގެ ގޮތުގައި ފުރަތަމަ ކިޔުން އިއްވި މި ބިލުގައި، 44 ވަނަ މާއްދާ އިސްލާހުކުރަން ހުށަހަޅާފައިވަނީ، އެއްވެސް ފަރާތަކުން ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުމަކީ މަނާކަމެއް ކަމަށް ހިމެނުމަށް
މުލީ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމެންޓް ގެންގޮސްފި
މ. މުލީ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެކަމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފި
ޖުމުލަ 61.8 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު