މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
30 މާޗް 2023 - 16:41
ޣާޒީ ބިލްޑިންގ ތަޅާލުމަށްފަހު ޕާކިންގ ޒޯނެއް ހަދަނީ
ސަރުކާރުގެ ބައެއް އޮފީސްތައް ހިންގުމަށް ބޭނުންކުރާ ޣާޒީ ބިލްޑިންގ ތަޅާލުމަށްފަހު، އެތަނުގައި ޕާކިންގ ޒޯނެއް ހެދުމަށް ސަރުކާރުން ނިންމައިފި
މިގޮތަށް ނިންމީ، ޕާކިންގ އަށް މިހާރު ދިމާވެފައިވާ މައްސަލައަށް ލުޔެއް ހޯދުމުގެގޮތުންކަމަށްވެސް އަކްރަމް ވިދާޅުވި
ފެރީ ޓާމިނަލްގައި ގަވާއިދާ ޚިލާފަށް އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި
މިކަމާ ގުޅިގެން އެމްޓީސީސީން ވިދާޅުވީ އެ ސަރަހައްދަކީ ހަމައެކަނި އެމްޓީސީސީގެ އުޅަނދުތަކުން ބޭނުން ކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދީފައިވާ ސަރަހައްދެއް ކަމަށް
ނަމަވެސް އެ ސަރަހައްދުގައި އެހެނިހެން އުޅަނދުތައް ގަވާއިދާ ޚިލާފަށް އަޅާފައި އޮތުމުން ފެރީތައް ގަޑިއަށް ފުރުމަށާއި ލެފުމަށް ދަތިވާކަމަށް އެ އެމްޓީސީސީއިން ވިދާޅުވޭ
ހަންކެޑެ ތަރައްޤީކުރުމުގެ މަޝްރޫއު ޗައިނާ ކުންފުންޏަކަށް
އައްޑޫގައި ޓޫރިޒަމް ފުޅާކުރަން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހަންކެޑެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާއި
ލޮލަށް އަޅާ 4 ބޭހަކަށް ސަމާލުވާން އެމްއެފްޑީއޭއިން އެދިއްޖެ
އެމް.އެފް.ޑީ.އޭއިން ސަމާލުވުމަށް އެންގި ބޭސްތަކުގެ ތެރޭގައި އާޓިފިޝިއަލް ޓިއާސް، އެމްއެމް ޑްރޮޕްސް، ބްރައިމޮނިޑައިން ޓަރޓްރޭޓް އަދި އާޓިފިޝިއަލް އައި އޮއިންޓްމެންޓް ކިޔާ ބޭހެއް ހިމެނޭ
ބޭސްތައް ޔުނައިޓެޑް ސްޓޭޓް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސް އެފް.ޑީ.އޭ)އިން ވެސް ވަނީ އެލާރޓްކޮށް ރީކޯލް ކޮށްފަ
މެލޭޝިއާގެ ބަޓިކް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށަނީ
އެ އެއާލައިނުން ބުނީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާނީ މޭ މަހުގެ 12ވަނަ ދުވަހުކަމަށް
މި އެއާލައިނުން ރާއްޖެއަށް ދަތުރުކުރާއިރު ރާއްޖެ އައުމުގެ ކުރިން ސްރީލަންކާގެ ކޮލަމްބޯއަށް ޓްރާންސިޓްކުރާނެ