އެސްޓީއޯގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
1 އެޕްރީލް 2023 - 10:47
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ޕަބްލިކް ހިއްސާދާރުން ތަމްސީލްކުރުމަށް، ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެސްޓީއޯއިން ވަނީ މިއަދު ހުޅުވާލާފައެވެ. އެގޮތުން، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް ވަނީ، އެ ކުންފުނިން މިއަދު ކުރި އިޢުލާންގައި ބަޔާންކޮށްފައެވެ.
We are pleased to announce that the application for Board Directorship is now open! Shareholders interested in serving on the Board are invited to submit applications before 10 a.m. on April 24, 2023.
— STO (@stoplc) April 1, 2023
އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ބޭނުންވާ ހިއްސާދާރުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ޑޮކިއުމަންޓްތައް ފުރިހަމަކުރުމަށްފަހު cs@sto.mv އަށް އީމެއިލްކުރުމަށް ނުވަތަ އެ ކުންފުނީގެ ވެބްސައިޓްގައި ގާއިމްކުރެވިފައިވާ ޕްލެޓްފޯމް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް، އެ ކުންފުނިން ކުރި އިޢުލާންގައި ބަޔާންކޮށްފައިވެއެވެ. ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 24 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިންނެވެ.
މި މަޤާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަށްވެސް އެސްޓީއޯއިން ކުރި އިޢުލާންގައި ބާރުއަޅާފައިވެއެވެ.
މި އިޢުލާނާއެކު، ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުން ނޮމިނޭޓްކޮށްދެއްވުމަށް އެދި ޕީސީބީއަށްވެސް މިއަދު ނޯޓިސް ހުށަހަޅާފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.