މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

1 އެޕްރީލް 2023 - 16:46

ދިވެހި ދަރިވަރުންނަށް ބަންގްލަދޭޝުން ދިގު މުއްދަތުގެ ވިސާ ދޭން ނިންމައިފި

ފޮރިން މިނިސްޓްރީން ވިދާޅުވީ، ބަންގްލަދޭޝްގެ ސަރުކާރުން ހުއްދަދީފައިވާ ތަޢުލީމީ މުއައްސަސާތަކުގައި ކިޔަވަމުންދާ އަދި އިންޓާންޝިޕް ފުރިހަމަކުރަމުންދާ ދިވެހިރާއްޖޭގެ ދަރިވަރުންނަށް އެދަރިވަރުންގެ ކޯހުގެ މުއްދަތު ފުރިހަމަވަންދެން ދިގު މުއްދަތުގެ ވިސާ ހަމަޖައްސައިދިނުމަށް ބަންގަލަދޭޝް ސަރުކާރުން ނިންމާފައިވާކަމަށް

އަންހެނުން ކުރިމަތިލުމަށް ބާރުއަޅަމުން، އެސްޓީއޯގެ ބޯޑަށް ހުޅުވާލައިފި

އެސްޓީއޯއިން މިކަމާއި ގުޅިގެން ނެރެފައިވާ އިއުލާނުގައި ބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ އަދި އިންތިހާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށްވުމަކީ ކުންފުނިން ބާރުއަޅާކަމެއްކަމަށް

advertisement

އަދި ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާ ފަދައިން، ކުންފުނީގެ ބޯޑަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލެއްވުމަކީ ކުންފުނިން ބާރުއަޅާކަމެއްކަމަށްވެސް އެސްޓީއޯއިން ބުނޭ

ތެލަސީމިއާ ކުދިންނާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ލޭ ފޯރުކޮށްދިނުމަށް ހާއްސަ ސެންޓަރެއް

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށާއި ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭ އެއްތަނަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސެންޓްރަލައިޒްޑްގެ ބްލަޑް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ބުނެފި

މޯލްޑިވްސް ބްލަޑް ސާވިސަސްއަކީ މުޅި ރާއްޖޭގައި ލޭބޭނުންވާ މީހުންނަށް ލޭ ފޯރުކޮށްދިނުމާއި ލޭގެ ކޮލިޓީ ބެހެލެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ އިދާރާ

ހުއްދަ ހޯދައިގެން މަތީ ސާނަވީ ދަރިވަރުންނަށް މިހާރު ސުކޫލަށް ފޯނު ގެންދެވޭނެ

ޚާއްސަ ހުއްދައެއްގެ ދަށުން ގްރޭޑް 11 އަދި 12 ގައި ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް ސްކޫލު ގަޑީގައި މޯބައިލް ފޯނު ބޭނުން ކުރެވޭ އިސްލާހެއް ހިމަނައި “ސްކޫލް ދަރިވަރުންގެ އާންމު ގަވާއިދު” ނެރެފި

އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ މި ގަވާއިދުގެ ބޭނުމަކީ ދަރިވަރުން އަމަލު ކުރާނެ އެއް މިންގަނޑެއް އޮތުން

ރާއްޖޭގެ އާބާދީގެ 41 އިންސައްތަ މީހުން ދިރިއުޅެނީ މާލޭ ސިޓީގައި

ރާއްޖޭގެ އާބާދީގެ 41 އިންސައްތަ މީހުން ދިރިއުޅެނީ މާލޭ ސިޓީގައި ކަމަށް ބޯހިމެނުމުން ދައްކައިފި

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ވަނީ މިދިޔަ އަހަރު މުޅި ރާއްޖޭގައި ބޯހިމެނުން ކުރިއަށް ގެންގޮސްފައި

 

ރިއެކްޝަންސް
0
0
0
0
0
0
0