މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

2 އެޕްރީލް 2023 - 15:38

ނައިބު ރައީސް އަރިހަށް ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ ޒިޔާރަތެއް ކުރައްވައިފި

  • މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާ ޗައިނާގެ 50 އަހަރުވީ ބަދަހި ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދެއްކެވި
  • ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް ޗައިނާއިން ވަރަށް ބޮޑަށް އެހީތެރިވެދެއްވާފައިވާކަން ފާހަގަކުރެއްވި

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދަށުން ދުވާރު އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ: އެމްޓީސީސީ

  • ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، މަސައްކަތުގެ 51 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައި
  • މަގުބައްތި ހަރުކުރުމުގެ 89 އިންސައްތަ މިހާރު ވަނީ ނިމިފަ
  • ސަބްގްރޭޑް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ 40 އިންސައްތަ ނިމިފަ
  • މި މަޝްރޫޢަކީ 20.4 މިލިއަން ރުފިޔާގެ މަޝްރޫއެއް

މާލެ ކައުންސިލުން ހުސްކުރި ގުދަނަކީ ޔޫތް މިނިސްޓްރީއަށް ދޫކޮށްފައިހުރި ތަނެއް

  • މާލެ ސިޓީ ކައުންސިލުގެ ބިމެއް ކަމަށް ދައުވާކޮށް އެތަނުގައި ހުރި ގުދަން ހުސްކުރުމުން ޔޫތް މިނިސްޓްރީން މައްސަލަޖައްސައިފި
  • ޔޫތް މިނިސްޓްރީން އާއްމުކުރި ލިޔެކިޔުންތަކުން އިނގެނީ އެއީ ހައުސިން މިނިސްޓްރީން ޔޫތް މިނިސްޓްރީގެ ބޭނުމަށް ދޫކޮށްފައިހުރި ތަނެއްކަން

ރޯދަ ހަދިޔާދޭނެ ކަމަށްބުނެ ސްކޭމް ހިންގަނީ

  • ރޯދަ ހަދިޔާދޭނެ ކަމަށްބުނެ ކުންފުނިތަކުގެ ނަމުގައި ސްކޭމް ހިންގަމުން އަންނާތީ ސަމާލުވުމަށް ފުލުހުން އަންގައިފި
  • އެ މެސެޖުތަކުގައިވާ ލިންކަށް ނުފިއްތުމަށް ފުލުހުން އިލްތިމާސްކުރި

ކައިޒީންއަށް ޕްރައިވެޓް ސެކިއުރިޓީއެއް ނުދޭކަމަށް ފުލުހުން ބުނެފި

  • ފުލުހުން ބުނީ މޮޑެލް ކައިޒީންގެ އުފަން ދުވަސް ފާހަގަކުރަން އުސްފަސްގަނޑުގައި ބޭއްވި ހަރަކާތުގައި އޭނާއަށް ޕްރައިވެޓް ސެކިއުރިޓީ ދީފައިނުވާނެ ކަމަށް
  • ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވަނީ ހަވާއެރުވި މަންޒަރު ބެލުމަށް ގިނަ ބަޔަކު އެ ސަރަހައްދަށް ޖަމާވެފަވާތީ ކަމަށްވެސް ބުނި

ރިއެކްޝަންސް
0
0
0
0
0
0
0