މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
11 އެޕްރީލް 2023 - 15:47
ހިތަދޫ ކުނިގޮނޑުގައި ރޯވި އަލިފާން ފެތުރުނަނުދީ ކޮންޓްރޯލްކޮށްފި
- އައްޑޫ ސިޓީ ހިތަދޫ ކުނިގޮނޑުގައި ރޯވި އަލިފާން ކޮންމެވެސްވަރަކަށް ކޮންޓްރޯލް ކުރެވުނަސް، އޭގެފަހުން އަނެއްކާވެސް ވަނީ އަލިފާންގަނޑު ފެތުރިފައި
- އައްޑޫ ސިޓީގައި ކުނި އުކާލުމުގެ ޚިދުމަތާއެކު ކުނި ގޮނޑު ބަލަހައްޓަނީ ވެމްކޯއިން
ހުޅުމާލޭ ފޭސް 2 ގައި މިސްކިތެއް ޤާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން
- ހުޅުމާލޭ ފޭސް 2 ގައި އިތުރު މިސްކިތެއް ޤާއިމު ކުރުމަށް އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕވޓ ލޓޑ އާ އެކު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފި
- މި އެއްބަސް ވުމުގެ ދަށުން ހުޅުމާލޭ ފޭސް 2 ލޮޓް ނަންބަރު 20243 ގައި ޤާއިމު ކުރެވޭ މި މިސްކިތަކީ 11،643.74 އަކަފޫޓުގެ ޖާގައި ގައި ޤާއިމު ކުރެވޭ މިސްކިތެއް
ބ.ހިތާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން
ބ.ހިތާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްފި.
18,326,736.00 ރުފިޔާއަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭ ނިންމުމަށް. pic.twitter.com/rRRIEsFcxQ— Min.of National Planning, Housing & Infrastructure (@MoNPHImv) April 11, 2023
- ބ.ހިތާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްފި.
- 18,326,736.00 ރުފިޔާއަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭ ނިންމުމަށް
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި
- ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނާނީ މިއަދުން ފެށިގެން، މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް
- ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެ ބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން، 2.4 ކިލޯގެ މިންވަރު
ވ. ތިނަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި
ވ.ތިނަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްފި .
— Min.of National Planning, Housing & Infrastructure (@MoNPHImv) April 11, 2023
43،822،749.60 ރުފިޔާއަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭ ނިންމުމަށް. pic.twitter.com/IyUkED8U3I
- ވ.ތިނަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްފި
- 43،822،749.60 ރުފިޔާއަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭ ނިންމުމަށް
ރިއެކްޝަންސް