މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
16 އެޕްރީލް 2023 - 16:06
އައްޑޫން ޤަވާއިދާއި ޚިލާފަށް ވެއްޔާއި އަކިރި ނަގާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު
- އައްޑޫ ސިޓީ މީދޫއިން ޤަވާއިދާއި ޚިލާފަށް ވެއްޔާއި އަކިރި ފަރާއްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އައްޑޫ ސިޓީ ކައުންސިލުން ދީފި
- އައްޑޫ ކައުންސިލުން ވިދާޅުވީ ޤަވާޢިދާއި ޚިލާފައް އެކި ބޭނުންތަކަށް މީދޫގެ ގޮނޑުދޮށުން ވެއްޔާއި، އަކިރި ނަގަމުންދާ ކަމުގެ މަޢުލޫމާތު އެ އިދާރާއައް ލިބެމުންދާކަމަށް
ފުވައްމުލަކު ޓިވެޓް ސެންޓަރ ތަރައްޤީކޮށް ހިންގުމަށް ބަޔަކު ހޯދަނީ
- ފުވައްމުލަކުގައި ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތަށް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި
- މި ޓިވެޓް ސެންޓަރަކީ ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން އިމާރާތްކުރާ ތަނެއް
ފުރަތަމަ ފަހަރަށް ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށ
pic.twitter.com/p6T3DO6KHa— Elections Commission (@ElectionsMv) April 15, 2023
- ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބުކޮށްފި
- ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ކެނޑިޑޭޓަށް ލިބުނީ 1346 ވޯޓް
ރައީސްގެ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި
- މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައިފި
- މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުން
އަލިފުށި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހަވާލުކޮށްފި
ރ.އަލިފުށި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންއާ ހަވާލުކޮށްފި.
— Min.of National Planning, Housing & Infrastructure (@MoNPHImv) April 16, 2023
90،956،112.97 ރުފިޔާއަށް އާރުޑީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭ ނިންމުމަށް. pic.twitter.com/7XaIBSc7qs
- ރ.އަލިފުށި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންއާ ހަވާލުކޮށްފި
- މި މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭ ނިންމުމަށް
ރިއެކްޝަންސް