މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
20 އެޕްރީލް 2023 - 16:04
ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 7 ސްކޮލަރޝިޕް ފުރުސަތެއް
We are pleased to announce the opportunity to apply for Medical Doctors Specialization Scholarship 2023, fully funded by the Government of Maldives.
Deadline to submit applications: 4th May 2023, 13:30pm
For more information visit: https://t.co/2ZGXRlYBK3 pic.twitter.com/IKGMqsIU8U— Ministry of Higher Education (@MoHEmv) April 20, 2023
- އެޕްލައި ކުރުމަށް ފުރުޞަތު ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ހުޅުއްވައިލައްވައިފަ
- ކިޔެވުމަށް ހިނގާ ހުރިހާ ހަރަދެއް ހަމަޖައްސާނީ ދިވެހި ސަރުކާރުން
ތ. ފުނައްޑޫގައި އޮޕަރޭޝަން ހިންގުމަށް މިފްކޯއަށް ކުއްޔަށް ދީފި
ތ. ފުނައްޑޫ، މިފްކޯއަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފި @mifcomv pic.twitter.com/w7vOhaUFig
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) April 19, 2023
- ތ.ފުނައްޑޫ ހިންގަން ފިޝަރީޒް މިނިސްޓްރީން މިފްކޯއާ އިއްޔެ ހަވާލުކުރި
- ތ.ފުނައްޑޫ މިފްކޯއިން ގަނެފައިވަނީ 22.8 މިލިއަން ރުފިޔާއަށް ކަމަށް މީޑިއާތަކުން ރިޕޯޓުކުރޭ
ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ 3 ކުންފުންޏަކަށް ދީފި
އިޢުލާން: ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ކުންފުނިތަކަށް ހުއްދަދިނުން (އިސްލާހުކޮށްފަ) pic.twitter.com/zEORxZvlts— Ministry of Islamic Affairs (@MVIaffairs) April 20, 2023
- އެ 3 ކުންފުންޏަކީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕް، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕް، އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް
- އެއިން ކޮންމެ ކުންފުންޏަކަށް ދޫކޮށްފައިވަނީ 90 ކޯޓާ
ށ. ފޭދޫ ގައި ޤާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތް ކުރިއަށް
ށ. ފޭދޫ ގައި ޤާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ނިމިއްޖެ.#RTLFerry #ConnectingRaajje pic.twitter.com/MTvqZe8w7N— MTCC Plc (@MTCCPlc) April 19, 2023
- ށ. ފޭދޫ ގައި ޤާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ނިމިއްޖެ ކަމަށް އެމްޓީސީސީން މައުލޫމާތުދީފި
- މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާޙަނާވެސް ހުންނާނެ
މީޑިއާ ކައުންސިލުގެ އިންތިހާބު މިމަހު 29ގައި
މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބު (ބައި-އިލެކްޝަން) 2023 ގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރި ފަރާތްތަކުގެ ދާއިމީ ލިސްޓު 👇https://t.co/BHV9Zfci9A— Home Ministry, MV (@HomeMinistrymv) April 20, 2023
- މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ 29 އޭޕްރީލްވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00ން 11:00ށް ވެލާނާގޭގެ ތިރީގައި
- މި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު މިނިސްޓްރީންވަނީ އާންމުކޮށްފަ