ކޮކާ-ކޯލާ މޯލްޑިވްސް އިން “ބްލައިންޑް ޓޭސްޓް ޓެސްޓް”އެއް ބާއްވައިފި

26 އެޕްރީލް 2023 - 10:45

ކޮކާ-ކޯލާ މޯލްޑިވްސް އިން އިންސްޓަގްރާމް އަދި ޓިކްޓޮކްގައި މަޝްހޫރު އަށް ސޯޝަލް މީޑިއާ އިންފްލުއެންސަރުން ބައިވެރިކޮށްގެން، “ބްލައިންޑް ޓޭސްޓް ޓެސްޓް” ހަރަކާތެއް ބާއްވައިފި އެވެ. މި ހަރަކާތުގެ ތެރެއިން، ކޮކާ-ކޯލާގެ ތިން އުފެއްދުމެއްގެ ތެރެއިން ކޯކް ޒީރޯ އަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް އިންފްލުއެންސަރުންނާ ހަވާލުކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮކާ-ކޯލާ އޮރިޖިނަލް ޓޭސްޓް، ކޮކާ-ކޯލާ ޒީރޯ ޝުގާ އަދި ޑައިޓް ކޯކް އެވެ.

މި ހަރަކާތަކީ ކޯކް ޒީރޯގެ މީރު ރަހަ ދައްކާލުމުގެ އިތުރަށް، “މިއީ އެންމެ ރަނގަޅު ކޯކް ހެއްޔެވެ؟” މި ސުވާލު ހިތާއި ހިތާ ކޮށްލަން ފުރުސަތު ދިނުމަށް އިންތިޒާމްކުރި ހަރަކާތެކެވެ. ހަމަ އެއާ އެކު، ރާއްޖޭގައި ލިބެން ހުރި ކޮކާ-ކޯލާގެ ތަފާތު ބާވަތްތަކަށް ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މި ހަރަކާތުގެ ބޭނުމެކެވެ. މަޝްހޫރު އިންފްލުއެންސަރުންނާ ގުޅިގެން ކޮކާ-ކޯލާ މޯލްޑިވްސް އިން ވަނީ ކާމިޔާބުކަމާ އެކު ގިނަ ބަޔަކާ ހަމައަށް ވާސިލުވެ، “ޒީރޯ ޗެލެންޖަށް” ބޮޑު ޝައުގުވެރިކަމެއް އުފައްދައިފަ އެވެ.

advertisement

ކޮކާ-ކޯލާ މޯލްޑިވްސްގެ އަމާޒަކީ އެ ކުންފުނީގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށް އިންފްލުއެންސަ މާކެޓިން އަދި ކަސްޓަމަރުންގެ ބައިވެރިވުމާ އެކު ހިންގޭ ހަރަކާތްތަކުގެ ބޭނުން ހިފައިގެން ކުރިއަށް ގެންދިއުމެވެ. މި “ބްލައިންޑް ޓޭސްޓް ޓެސްޓް” އަކީ ކޮކާ-ކޯލާ މޯލްޑިވްސްގެ ތަފާތު ބުއިންތަކުގެ ތަފާތު ރަހަތަކާއި ސިފަތައް ދައްކުވައިދިނުމަށް ރޭވިފައިވާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ޓެސްޓެވެ.

ކަސްޓަމަރުންގެ މެދުގައި ހިތްގައިމު ތަޖުރިބާތަކެއް ހޯދައިދިނުމާ އެކު، ކޮކާ-ކޯލާ މޯލްޑިވްސް އިން އަންނަނީ އެ ކުންފުނީގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، ބެލުންތެރިންނާ ބަދަހި ގުޅުމެއް އުފައްދަން މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ތަނުގައި ވެސް ކޮކާ-ކޯލާ މޯލްޑިވްސްގެ ފަރާތުން މިފަދަ އިތުރު ހިތްގައިމު ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.

ޒީރޯ ޗެލެންޖާއި ކޮކާ-ކޯލާ މޯލްޑިވްސްގެ ހިތްގައިމު ޕްރޮމޯޝަންތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އިންސްޓަގްރާމާއި ފޭސްބުކްގައި @CocaColaMaldives ފޮލޯ ކުރާށެވެ.

ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 135 އަހަރު ވަނީ ވެފަ އެވެ. ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީ އިން ވަނީ ކަރުހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން، އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށްގެންދެ އެވެ.

ރިއެކްޝަންސް
1
3
2
0
5
0
1