ދަރިފުޅަށް އެކިކަހަލަ މީހުންނާއެކު އުޅެން ދަސްކޮށްދެވިދާނެ ގޮތްތައް
26 އެޕްރީލް 2023 - 14:00
ދަރިންނަށް ކުޑައިރުން ފަށައިގެން އެކި ކަހަލަ މީހުންނާއި އެކު އުޅެން ދަސްކޮށްދިނުމަކީ އެކުއްޖާގެ ތަރުބިއްޔަތަށް މުހިންމު ކަމެކެވެ. އެއީ އެހެން މީހުންގެ އިޙްސާސްތައް ދެނަގަތުމާއި، އިޙްތިރާމްކުރުމާއި، އެހެން މީހުންނާއި އެކު އުޅެން ދަސްކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މިއީ ކުދިންނަށް ޑައިވަރސިޓީއާއި އިންކްލޫސިވިޓީއާ ބެހޭގޮތުން ދަސްކޮށްދިނުމަށް އެހީތެރިވެދޭނެ ބައެއް ގޮތްތައް.
- ތަފާތު ވައްތަރުގެ ފޮތްތައް ކިޔުން: އެކި އެކި ކެރެކްޓަރުޓަރ ތައް ހުންން ވާހަކަ ފޮތްތައް ކިޔުމަކީ ދަރިފުޅަށް ތަފާތު ސަގާފަތާއި ނަސްލުތަކާއި އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ވިސްނުމަށް އެހީތެރިވެދޭނެ ކަމެކެވެ.
- ރޯލް މޮޑެލްއަކަށް ވުން: ކުދިން އުނގެނީ އެކުދިންނަށް ފެންނަ ކަންކަމާއި މައިންފބަފައިން ނުބަތަ އެކުގައި އުޅޭ މީހުން ކުރާކަންކަމުން .މިސާލުނަގައިގެން ކަމަށްވާތީ ، ގޭތެރޭގައި އުޅޭއިރު ކަންކަން ކުރާއިރު ކުއްޖާ ބައިވެރިކޮށްގެން ކަންކަން ކުރުން މުހިންމެވެ
- އުމުރަށް އެކަށީގެންވާ ބަސް ބޭނުންކުރުން: ކުއްޖާގެ އުމުރާއި ވިސްނުމުގެ ފެންވަރަށް އެކަށީގެންވާ ގޮތަށް ވާހަކަ ދެއްކުމަކީ މުހިންމުކަމެކެވެ. އެގޮތުން ސިމްޕަލްކޮށް އެކުދިންނާ ގުޅުން ހުރި މިސާލުތައް ބޭނުންކުރެވިދާނެއެވެ.
- ސްޓެރިއޯޓައިޕްސްއާ ބެހޭ ގޮތުން ވާހަކަ ދެއްކުން: ސްޓެރިއޯޓައިޕްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، އެ ސްޓެރިއޯޓައިޕްތަކަކީ ގެއްލުން ހުރި .އެއްޗެއް ކަން ދަރިފުޅަށް ވިސްނައިދިނުމަށް އެހީތެރިވެދެންވާނެއެވެ
ޑައިވަރސިޓީއާއި އިންކްލޫސިވިޓީއާ ބެހޭގޮތުން ދަރިފުޅަށް ދަސްކޮށްދިނުމުން، ތަފާތުތަކާ މެދު ރަނގަޅު ވިސްނުމެއް އުފެދެއެވެ. އަދި ތަފާތު ކަންކަމާއި މެދު ރަނގަޅަށް ވިސްނާ ކަންކަން ގަބޫލުކުރުމަށްވެސް އެހީތެރިވެދެވޭނެއެވެ.
ރިއެކްޝަންސް
2