މިޝަން ފޯ މައިގްރަންޓް ވަރކާސް މޯލްޑިވްސް 13,000 އަށް ވުރެ ގިނަ އިފްތާ މީލް ޕެކް ބަހައިފި

29 އެޕްރީލް 2023 - 12:10

ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އެން.ޖީ.އޯއެއް ކަމަށްވާ މިޝަން ފޯ މައިގްރަންޓް ވަރކާސް މޯލްޑިވްސް، މި ރަމަޟާން މަހު 13,000 އަށް ވުރެ ގިނަ މީލް ޕެކް ވަނީ ބަހާފައެވެ. މި މީލް ޕެކްތައް ބަހާފައިވަނީ މާލެއާ ހުޅުމާލޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ރޯދަ ވީއްލުމަށްށެވެ. 

މި ޕްރޮޖެކްޓް ހިންގާތާ މީ ތިންވަނަ އަހަރެވެ. މި އަހަރުވަނީ އާންމު ފަރާތްތަކުންނާއި އަމިއްލަ ވިޔަފާރިތަކުން 424,000ރ. އަށްވުރެ ގިނަ ފައިސާ، މީލް ޕެކް ބެހުމަށް ހަދިޔާކޮށްފައެވެ. މިޝަން ފޯ މައިގްރަންޓް ވަރކާސް މޯލްޑިވްސްއިން ވިދާޅުވި ގޮތުގައި، މިކަމަށް އާންމުންގެ ތަރުހީބުލިބިފައިވާއިރު، ފައިސާ ހަދިޔާކުރާ އާންމު ފަރާތްތަކާއި ދިރާގާއި ދަ ސްޕޭސް ފަދަ ޕާޓްނަރުންގެ ފަރާތުން ލިބޭ އެއްބާރުލުން އަދި މީލް ޕެކް ބެހުމުގައި ހަރަކާތްތެރިވާ ހީވާގި ވޮލަންޓިޔަރުންނާ ނުލާ މިފަދަ ކަމެއް ނުކުރެވޭނެއެވެ. 

advertisement

މިޝަން ފޯ މައިގްރަންޓް ވަރކާސް މޯލްޑިވްސްގެ އުންމީދަކީ ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ހަރަކާތް ހިންގާ ފުޅާކުރުމެވެ.  

ރިއެކްޝަންސް
0
0
0
0
0
0
0