މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
29 އެޕްރީލް 2023 - 16:45
ވެމްކޯއިން ވިއްކާ ކޮތަޅު މިހާރު ލިބޭނެ
Bin Liners are now available from the following outlets in Male' now.
Instant purchase is available from WAMCO customer front offices & pre-orders can be done via our website. pic.twitter.com/s0ZLSOW64O— Waste Management Corporation Limited (WAMCO) (@WAMCOmv) April 27, 2023
- ވެމްކޯއިން ކުނި އުކާލުމަށް ޚާއްސަ ކޮތަޅު ވިއްކަން ފަށައިފި
- މިކޮތަޅު ވެމްކޯގެ ކަސްޓަމަރ ފްރަންޓް އޮފީހާ، ޓްރާންސްފަރ ސްޓޭޝަނާއި ބައެއް އަމިއްލަ ފިހާރަތަކުންވެސް މިހާރު ގަންނަން ލިބޭނެ
ޙިއްޞާއަކަށް 77 ރުފިޔާ ބަހަން އެސްޓީއޯގެ ބޯޑުން ރުހުންދީފި
Attention all Shareholders! Our Board of Directors have decided to propose a dividend of MVR77 per share for the year 2022. This proposal will be presented at our upcoming Annual General Meeting for approval. Stay tuned for more updates on #AGM2022!https://t.co/whxu3J3crf
— STO (@stoplc) April 27, 2023
- ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ޙިއްޞާއަކަށް 77 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ރުހުން ދީފި
- އެސްޓީއޯގެ ބޯޑުން މިގޮތަށް ނިންމީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި
ކޫއްޑޫ މަސްބަނދަރު ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ގެންގޮސްފި
ގއ. ކޫއްޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 24 އޭޕްރީލް 2023 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި#MTCCProjects #RayyithungeKunfuni @MTCCPlc @governmentmv @ibusolih pic.twitter.com/CFx0hw7f8J— Adam Azim (@adamazim) April 27, 2023
- ކޫއްޑޫގެ މިފްކޯ ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް މަސައްކަތް ފަށަން ތައްޔާރުވެއްޖެ
- މި ޕްރޮޖެކްޓްގައި ބަނދަރަށް ޖާގަ އިތުރުކުރުމާއި، މިހާރު ބޭނުންކުރާ ބަނދަރު ތަރައްޤީކުރުން ހިމެނޭ
މީޑިއާ ކައުންސިލަށް ތިން މެމްބަރަކު އިންތިހާބުކޮށްފި
- މިއަދު ބޭއްވި އިންތިޚާބުގައި މީޑިއާތައް ތަމްސީލު ކުރެއްވުމަށް މެންބަރަކާއި އާންމުންގެ ތެރެއިން ދެ މެންބަރަކު އިންތިޚާބު ކޮށްފި
- މީޑިއާތައް ތަމްސީލު ކުރެއްވުމަށް އިންތިޚާބުގައި ވާދަކުރެއްވި ދެ ބޭފުޅުންގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރެއްވީ ޚަބަރު އޮންލައިން އިން ވާދަކުރެއްވި ކެނޑިޑޭޓް އަލީ އާދަމް
ހިޔާގެ ކުލި ކުޑަކުރަން ނިންމައިފި
- ހިޔާ ފުލެޓުތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމައިފި
- އެގޮތުން ފުލެޓުތަކުގެ ކުލި 25 އަހަރަށް ބަހާލައިގެން ދެއްކުމުގެ ބަދަލުގައި ކުލި ދައްކައި އަގު ޚަލާޞްކުރާ މުއްދަތު 32 އަހަރަށް ދަންމާލައި، ކުލި 5،300 ރުފިޔާއަށް ބަދަލުކުރަން ވަނީ ނިންމައިފަ