ދަރިމައިނުވުމުގެ ބައެއް އަލާމާތްކާއި ނިޝާންތައް

30 އެޕްރީލް 2023 - 11:13

ދަރިމައިނުވުމުގެ ނިޝާންތައް ފެނުމަކީ އެހާ އާއްމުކަމެއް ނޫނެވެ.  އެހެން ނަމަވެސް ދަރިއަކު ހޯދުމަށް މަސައްކަތް ކުރާ ހިސާބުން ދަރިއަކު ނުލިބުމަކީ ވަރަށް ފިކުރުބޮޑުވާ ކަމެކެވެ.

 ދަރިމައިނުވުމުގެ މައްސަލަ އަންހެނުން އަދި ފިރިހެނުންނަށްވެސް  ކުރިމަތިވެއެވެ. އަންހެނުންނަށް ދިމާވާ މައްސަލަ ތަކާއި ފިރިހެނުންނަށް ދިމާވާ މައްސަލަތަކާއި އެކު ކޮންކަމެއްކަން ނޭނގޭ ކަންކަމާއި އަދި އެހެނިހެން ކަންކަންވެސް ދަރިންނުލިބުމުގެ މައްސަލަތަކާއި ގުޅިފައިވެއެވެ.

advertisement

 އެހެންކަމުން މިއާޓިކަލްގައި ބަލާލާނީ އަންހެނުން ދިމާވާ މައްސަލަތައް

  • ގަވާއިދުން ޕީރިއަޑްނުވުން – ޕީރިއަޑް ރަނގަޅުވުމަށް އެކި މީހުންނަށް އެކި މުއްދަތު ނަގައެވެ. އެހެން ނަމަވެސް ގިނަމީހުނަށް ގަވާއިދުން ޕީރިއަޑްވެއެވެ.ގަވާޢިދުން ޕީރިއަޑް ނުވާމީހުނަށް ދަރިން ނުލިބުމުގެ މައްސަލަކުރިމަތިވެއެވެ. އެއީ ގަވާއިދުން އޮވިއުލޭޓް ނުވާތީއެވެ.ގަވާއިދުން އޮވިއުލޭޓް ނުވާ ބައެއް ކަންކަމުގެ ތެރޭގައި ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް, މާ ބަރުދަން ބަރުވުން އަދި ތައިރޮއިޑް މައްސަލަ ހިމެނެއެވެ.
  • ހޯރމޯން ބަދަލުވުން – ހޯމޯން އަށް އަސަރު ކުރުމަކީ އޭގެ އަސަރު ވަކި ކަމެއް ދެނަގަންނަން ފަސާހަކަމެއް ނޫނެއެވެ. އެހެން ނަމަވެސް ޑޮކްޓަރައް ދައްކާ ޓެސްޓްތަކެއް ހެދުމަށްފަހު ކޮންކަހަލަ ހޯމޯން މައްލައެއްތޯ ދެނެގަނެވިދާނެއެވެ. ހޯމޯން މައްސަލައާއި ހެދި ދިމާވެދާނެ ކަންކަމުގެ ތެރޭގައި ބަރުދަން އިތުރުވުން, މޫނުގައި ބިހިނެގުން ބޮލުން އިސްތަށިފޭބުން ފަދަ ކަންކަން ހިމެނެއެވެ.
  • އެހެނިހެން ސިއްހީ މައްސަލަތައް – އަންހެނުން ދަރިމައިނުވުމަށް ދިމާވެދާނެ އެހެނިހެން ސިއްހީ މައްސަލަތަކުގެ ތެރޭގައި ފެލޯޕިއަން ޓިއުބް އަދި އޯވަރީ ހަލާކުވުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން މާކުރިން އިއްދައިން ކެނޑުމާއި ޕީސީއޯއެސް , އެންޑޯމެޓްރިއޯސިސް އަދި ކެންސަރު ބައްޔާއި ކެންސަރުބައްޔަށް ދޭ ފަރުވާގެ ސަބަބުން ވެސް ދަރިން ނުލިބުމަށް އަސަރުކުރެއެވެ.
  • މާބޮޑަފަލަވުން – ފަލަވުމަކީ އެކމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ދަރިމައިވުމަށް ކުރާކަމެކެވެ. އެގޮތުން ބަރުދަން އިތުރު މީހުން ބަރުދަން ލުއިނުކޮށް ދަރިއަކު ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށް ޑޮކްޓަރުން ބުނެއެވެ.
  • ބަނޑުބޮޑުނުވުން – ކައިވެނިކޮށްގެން އެއް އަހަރުވަންދެން އެއްވެސް ދަރިއަކު ހޯދަން މަސައްކަތްކޮށް ނުލިބޭނެމަ އެއީ މައްސަލައެއް ހުރީއެވެ. އެހެން ކަމުން އެހީސާބުން ޑޮކްޓަރަށް ދައްކާ ފަރުވާ ކުރަންވާނެއެވެ. އަންހެނަކު އުމުރުން 35 އަހަރުން މަތިނަމަ 6 މަސްދުވަސް ވަންދެން ޓްރައި ކުރުމަށްފަހު ނުލިބޭނަމަ ޑޮކްޓަރަށް ދައްކަންވާނެއެވެ.

ބައެއް ފަހަރު މި ދެންނެވި ކަންތައްތައް ހުރި ނަމަވެސް ޑޮކްޓަރަށް ދައްކައިގެން , ބައެއްކަހަލަ ދިރިއުޅުމުގެ އާދަކާދަ ބަދަލުކޮށްގެން ދަރިމައިވުމުގެ ފުރުސަތު ލިބިދާނެއެވެ. އަދި ޑޮކްޓަރާއި މަޝްވަރާކޮށްގެން އެހެނިހެން ގޮތްތަށްވެސް ދަރިއަކު ހޯދުމަށް ފުރުސަތު މިހާރު އޮވެއެވެ.

ރިއެކްޝަންސް
0
0
0
2
0
0
0