މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

1 މެއި 2023 - 17:02

ޤައިދީންނަށް މިހާރު އަނިޔާއެއް ނުލިބޭނެ، އަނިޔާއެއް ދީފިނަމަ ފިޔަވަޅުވެސް އަޅަން: ޢިމްރާން

  • ރާއްޖޭގެ ޖަލުތަކުގައި ތިބޭ ޤައިދީންނަށް މިހާރު އަނިޔާއެއް ނުލިބޭނެ ކަމަށާއި، އެފަދަ އަނިޔާއެއް ދީފިނަމަ އެ އޮފިސަރަކާ މެދު ފިޔަވަޅު އަޅަމުން އަންނަ ކަމަށް ޢިމްރާން ޢަބްދުﷲ ބުނި
  • ހޯމް މިނިސްޓަރ ބުނީ ކުރިއާ ޚިލާފަށް ޖަލުތަކުގައި ބަންދުކުރެވޭ މީހުންނަށް ވަރަށް މަދު ފަހަރަކު ނޫނީ އަނިޔާއެއް ލިބޭ ޚަބަރު ނުލިބޭކަމަށް

ކަރެކްޝަނަލް ސާރވިސްގެ ހެޑް އޮފީސް ޕީއެސްއެމްގެ ރެޑިއޯ ބިލްޑިންގއަށް

  • މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީސް، ޕަބްލިކް ސާވިސް މީޑިއާގެ މާފަންނުގައި ހުންނަ ރޭޑިއޯ ބިލްޑިންގްއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ސާރވިސްއިން ބުނެފި
  •  ބިލްޑިންގއަށް ބަދަލުކުރަން ނިންމެވީ، އެ އޮފީސް ހިންގި ޣާޒީ ބިލްޑިންގ ތަޅާލާ، އެތަނުގައި ޕާކިން ޒޯނެއް ޤާއިމްކުރުމަށް ޕްލޭނިން މިނިސްޓްރީން ނިންމުވުމުން

ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްގެ ސާފު ފައިދާ 504 މިލިއަން

  • މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 504.2 މިލިއަން ރުފިޔާ ލިބިއްޖެ
  • މިއީ ކުރީ ކުއާޓަރު ކަމަށްވާ 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެއް

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގުހެޔޮކޮށްފި

  • އެސް.ޓީ.އޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮ ކުރަން ނިންމައިފި
  • ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކުރަން ނިންމީ ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމާއި ގުޅިގެންކަމަށް އެސްޓީއޯއިން ބުނި

މެންބަރު ޒަރީރަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލައިފި

  • ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި
  • ފުލުހުން ބުނީ މި ޙަމަލާއާ ގުޅިގެން މެންބަރު ޒަރީރަށް ލިބިވަޑައިގެންނެވި އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް
advertisement
ރިއެކްޝަންސް
0
0
0
0
0
0
0