އުނގެނުމުގެ އުނަދަގޫ ހުންނަ ކުދިންގެ ހުނަރު ތަރައްގީކުރުމަށް ކުރެވިދާނެ ކަންކަން

2 މެއި 2023 - 15:09

އުނގެނުމުގެ އުނދަގޫ ހުންނަ ކުދިންގެ މައިންބަފައިންނަށް އެކުދިންނަށް އުނގަންގައިދިނުމަށް މަސައްކަތް ކުރާއިރު ރުޅިގަދަވެ ހާސްވެ , ނަފްސާނީ ގޮތުން އަސަރުތަކެއް ކުރުމަކީ ވަރަށް އާއްމުކަމެކެވެ. އެހެންނަމަވެސް އެކުދިންގެ އިހްސާސްތައް ދެނަގަނެ އެކުދިންނަށް ކިޔަވައިދިނުމަށް މަސައްކަތް ކުރުމުން މައިންބަފައިންނަށް ވެސް ކުރިމަތިވާ ރުޅިގަދަވުމާއި ހާސްވުމުން ދުރުހެލިވެވިދާނެއެވެ. 

އެގޮތުން ކުއްޖާގެ ހުނަރު އިތުރަށް ތަރައްގީކޮށް އާކަންކަން ދަސްކޮށްދިނުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި

advertisement
  • ކުއްޖާގެ ވިސްނުން ތޫނުކުރުމަށް ސުވާލުތައް ކުރުން
  • ކުއްޖާއަށް ކަންކަން ވަކި ޝެޑިއުލްއަކާއި އެއްގޮތަށް ވަކީ ރޫޓިންގ އެއްގައި ކުރުމަށް އެހީވެދިނުން
  • ކުއްޖާއާއި އަބަބދުވެސް ކަންތައްތަކާއި , ނުވަތަ ކިހިނެތްތޯ ބަލާ ސުވާލުކުރުން , ޚާއްސަކޮށް އެހެން މީހުނާއި އޮންނަ ސޯޝަލް ގުޅުމާއި ބެހޭގޮތުން ސުވާލުކުރުން
  • ކުއްޖާ ކުރާކަންކަމުގައި ބައިވެރިވެ, ވާހަކަދައްކައިގެން ހިތްވަރުދީ ކަންކަމާއި ކުރިމަތިލާން ދަސްކޮށްދިނުން
  • އާ ކަންކަމަށް ހުށަހެޅުން މަދުކުރުން, އޭރުން އެނގެމުން އަންނަ ކަންކަން އަމިއްލައަށް ކުރަން އެނގުމަށް އެހީވެވޭނެއެވެ.

މިފަދަ ކުދިންގެ މައިންބަފައިންނަކީ މުސްތަގުބަލައްޓަކައި މީހުން މިކަމަށް ހޭލުންތެރިކުރުމަށް އެޑްވޮކޭޓުންގެ ގޮތުގައި މަސައްކަތް ކުރަންޖެހެއެވެ. އެއީ މިއީ ނާޒކު ކުދިންކަމަށްވާތީ އެވެ. މުޖުތަމައު މިކަމަށް ހޭލުންތެރިކުރުމަށްޓަކައެވެ.

ރިއެކްޝަންސް
0
0
0
2
0
0
0