ލޮލަށް އެންމެ ރަނގަޅު ކާނާ
3 މެއި 2023 - 11:09
ވަކި ވިޓަމިންތަކެއް މަދުވުމަކީ ލޮލުގެ ބައެއް ބަލިތައްކަމަށްވާ، ލޮލުގެ ލޮލުގެ ކަޅި، ގްލޯކޮމާ، އަދި އުމުރުން ދުވަސްވުމާއި ގުޅިގެން ދިމާވާ ބައެއް ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވެދާނެ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބައެއް ވިޓަމިން އަދި މިނަރަލް ސަޕްލިމެންޓްތަކުގެ އެހީގައި މި ހާލަތްތަކުން ރައްކާތެރިވެވިދާނެއެވެ.
ލޮލުގެ ދުޅަހެޔޮކަމަށް ބޭނުންވާ ވިޓަމިންތަކާއި މިނަރަލްތައް
ވިޓަމިން އޭ އަދި ބީޓާ ކެރޮޓީން:
ލޮލުގެ ފެނުމަށް ވިޓަމިން އޭ އަކީ ރަނގަޅު މާއްދާއެކެވެ. ވިޓަމިން އޭ އަކި ކޯނިއާގެ ފަންކްޝަންވެސް އެހީތެރިވާ މާއްދާއެކެވެ. އެއީ ލޮލުގެ ބޭރުފުށުގެ ހުންނަ ފަށަލަ ރައްކާތެރިކޮށްދޭ މާއްދާއެކެވެ. ވިޓަމިން އޭ މަދު ވުމުން ލޮލުން ތެތްކަން އުފައްދާ މިންވަރު މަދުވެ، ތެތްކަން ހިފަހައްޓަން ބޭސް ބޭނުންކުރަންޖެހިދާނެއެވެ.
ބީޓާ ކެރޮޓީން އަކި ވިޓަމިން އޭގެ އެންމެ މުހިންމު މާއްދާ އެކެވެ. އެގޮތުން ކުލަގަދަ މޭވާ އަދި ތަރުކާރީގައި މި މާއްދާހިމެނެއެވެ. ގިނައިން މިކާތަކެތި ބޭނުންކުރުމުން ހަށިގަޑނުގައި ވިޓަމިން އޭ އުފައްދައިދޭނެއެވެ.
ވިޓަމިން އޭ ގިނަ ކާނާގެ ތެރޭގައި :
- ކައްޓަލަ
- ކެރޮޓް
- ރަތް ބެލްޕެޕަރ
- ބަރަބޯ.
ވިޓަމިން އީ
- ވިޓަމިންއީ ގެ ސަބަނުން ހަށިގަނޑުގައި އެންޓި އޮކްސިޑަންޓް އުފައްދާ މީންވަރު އިތުރުވެއެވެ. އެއީ ހަށިގަނޑުގެ އުފައްދާ ފްރީ ރެޑިކަލް ލިޔާ މާއްދާއާއި ދެކޮޅަށް މަސައްކަތް ކުރާ މާއްދާއެކެވެ. ފްރީ ރެޑިކަލް ގެ ސަބަބުން ލޯ ފުސްވާގޮތްވެއެވެ. އެހެން ކަމުން ދިރާސާތަކުން ދައްކާގޮތުން ވިޓަމިން އީ ބޭނުންކުރުމުން ލޯ ފުސްވުމުން ދުރުހެލިވެއެވެ.
- ވިޓަމިން އީ ގިނަ ކާނާގެ ތެރޭގައި ، އާމަންޑް، ސަންފްލާވަރ އޮށް، ބަދަން، ޒުވާރި އަދި އަސްޕަރަގަސް ހިމެނެއެވެ.
ވިޓަމިން ސީ:
- ވިޓަމިން ސީ އަކީ ލޮލަށް އިރުގެ އަވިން ލިބޭ ގެއްލުން ކުޑަކުރުމަށް ވަރަށް މުހިންމު ރޯލެއް ކުޅޭ މާއްދާ އެކެވެ. އުމުރުން ދުވަސްވާވަރަކަށް ލޮލުގައި ވިޓަމިން ސީގެ މިންވަރު މަދުވާއިރު، ކެއުމާއި ސަޕްލިމެންޓް ބޭނުންކުރުމުން މިކަމާ ދެކޮޅަށް އެހީތެރިވާނެއެވެ.
- ވިޓަމިން ސީ ގިނާ ކާނާގެ ތެރޭގައި އޮރެންޖް އަދި އޮރެންޖް ޖޫސް، ބުރޮކަލީ، ބެރީސް، ގްރޭޕްފުރުޓް ޖޫސް ހިމެނެއެވެ.:
ލޮލުގެ ރަނގަޅު ސިއްހަތެއް ދެމެހެއްޓުމަށްޓަކައި ވަކި ވިޓަމިންތަކާއި ނިއުޓްރިއެންޓްތަކަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ލޮލުގެ ވަކި ބަލިތައް އުފެދުމުން ނުވަތަ ކުރިއަރައި ދިއުން ހުއްޓުވުމަށް ވެސް އެހީތެރިވެދެވިދާނެ އެވެ