ވިލާވިލާ ކޮލެޖާއި ވިލާ ފައުންޑޭޝަންއިން ޓޭލަރސް ޔުނިވަރސިޓީގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ސްކޮލަރޝިޕް ފުރުސަތުތަކެއް ހުޅުވަލައިފި
4 މެއި 2023 - 15:08
ވިލާ ކޮލެޖާއި ވިލާ ފައުންޑޭޝަން ގުޅިގެން، ވިލާ ކޮލެޖުގައި ހިންގުމަށް ހަމަޖެހިފައިވާ މެލޭޝިއާގެ ޓޭލަރސް ޔުނިވަރސިޓީގެ ޕްރޮގްރާމްތަކުގައު ކިޔެވުމަށް ހުޅުވާލާ ސްކޮލަޝިޕްސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފި އެވެ. މިސްކީމްގެ ދަށުން 50ޕަސެންޓް ޓިއުޝަން ފީ ފްރީ 30 ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވުނީ އެކަމަށްޓަކައި، މިއަދު ވިލާކޮލެޖުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ޕްރެސް ކޮންފަރެންސްގައި މަޢުލޫމަތު ދެއްވީ ވިލާ ކޮލެޖުގެ ފަރާތުން ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބާއި ވިލާ ފައުންޑޭޝަންގެ ފަރާތުން އެ ފައިންޑޭޝަންގެ އެކްޒެކްޓިވް ޑިރެކްޓަރ މުހައްމަދު ހަމީދު (އުމަރުބެ) އެވެ.
މި ނޫސް ވެރިންގެ ބައްދަލުވުމުގައި ވަނީ ފަސް ޕްރޮގްރާމަކުން ސްކޮލަޝިޕްތަކަށް ހުޅުވާލާފައެވެ. މީގެ ތެރެގައި ހިމެނެނީ ޓޭލަރސް ޔުނިވަރިސިޓީގެ ބެޗްލަރ އޮފް ކަލިނަރީ މެނޭޖްމަންޓް ( އޮނަރސް)، ބެޗްލަރ އޮފް މާސް ކޮމިއުނިކޭޝަން، ބެޗްލަރ އޮފް އިންޓަރނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓް، ބެޗްލަރ އޮފް މާސް ކޮމިއުނިކޭޝަން، ބެޗްލަރ އޮފް އިންޓަރނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓް، އަދި މާސްޓަރ އޮފް މާސް ކޮމިއުނިކޭޝަން އެވެ.
ބެޗްލަރ އޮފް ކަލިނަރީ މެނޭޖްމަންޓް ( އޮނަރސް)
މި ކެޓަގަރީން ހުޅުވާލާފައިވަނީ ޖުމްލަ 10 ސްކޮލަޝިޕެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަހުގައި ދަރިވަރުން ކްލާހަށް ހާޒިރިވެގެން ކިޔަވުން ކުރިއަށް ގެންދާ ގޮތަށެވެ.
3 އަހަރުގެ މުއްދަތުގެ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތަކީ އޭލެވެލް އިމްތިހާތުނުގައި މަދުވެގެން ދެ މާއްދާއިން އީ ފާހަށްވުރެ މަތިން ލިބިފައިވުން ނުވަތަ؛ އެމްއެންކިއުއެފް ލެވެލް 4 ގެ ސަނަދެއް ލިބިފައިވުމާއި އެކު އޯލެވެލް ނުވަތަ އެ ފެންވަރުގެ އެހެން ކޯހަކުން އިގިރޭސި މާއްދާއިން އޭ ފާހެއް ލިބިފައިވުން ނުވަތަ؛ އޯލެވެލް އިމްތިހާނު ފެންވަރުގެ އެންޓުރީ އިމްތިހާނެއް ފުރިހަމަ ކޮށްފައިވުން ނުވަތަ؛ މަތީ ސާނަވީ ތައުލީމު، އިނގިރޭސި މީޑިއަމަށް ކިޔަވާފައިވުމެވެ.
ބެޗްލަރ އޮފް މާސް ކޮމިއުނިކޭޝަން
މި ކެޓަގަރީން ހުޅުވާލާފައިވަނީ ޖުމްލަ 5 ސްކޮލަޝިޕެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަހުގައި ދަރިވަރުން ކްލާހަށް ހާޒިރިވެގެން ކިޔަވުން ކުރިއަށް ގެންދާ ގޮތަށެވެ.
3 އަހަރުގެ މުއްދަތުގެ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތަކީ އޭ-ލެވެލް އިމްތިހާނުން ތިން މާއްދާއިން ދަށް ވެގެން އީ ފާސް ލިބިފައި ވުމާއެކު މަތީ ސާނަވީ އިމްތިހާނު ފުރިހަމަ ކޮށްފައިވުމާ އެކު އޯލެވެލް އިމްތިހާނުގައި އިނގިރޭސިން ސީ ފާހެއް ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓުފިކެޓެއް ލިބިފައިވުމާ އެކު އޯލެވެލް އިމްތިހާނުގައި ސީ ފާސް ލިބިފައިވުމެވެ.
ބެޗްލަރ އޮފް އިންޓަރނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓް
މި ކެޓަގަރީން ހުޅުވާލާފައިވަނީ ޖުމްލަ 5 ސްކޮލަޝިޕެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަހުގައި ދަރިވަރުން ކްލާހަށް ހާޒިރިވެގެން ކިޔަވުން ކުރިއަށް ގެންދާ ގޮތަށެވެ.
3 އަހަރުގެ މުއްދަތުގެ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތަކީ އޭލެވެލް އިމްތިހާނުން މަދުވެގެން ދެ މާއްދާއިން އެންމެ ދަށްވެގެން އީ ފާސް ލިބިފައިވުން ނުވަތަ އެޑްވާންސް ސެޓުފިކެޓެއް ހާސިލުކޮށްފައިވުމެވެ.
މާސްޓަރ އޮފް އިންޓަރނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓް
މި ކެޓަގަރީން ހުޅުވާލާފައިވަނީ ޖުމްލަ 5 ސްކޮލަޝިޕެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަހުގައި ދަރިވަރުން ކްލާހަށް ހާޒިރިވެގެން ކިޔަވުން ކުރިއަށް ގެންދާ ގޮތަށެވެ.
1 އަހަރުގެ މުއްދަތުގެ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތަކީ ކޮލެޖުން ގަބޫލު ކުރާ ފެންވަރުގެ ބެޗުލާސް ޑިގުރީއަކުން ސީޖީޕީއޭ ނަތީޖާ 2.50 އަށްވުރެ މަތިން ހާސިލުކޮށްފައިވުމެވެ.
(ކޯހާއި ނުގުޅޭ ދާއިރާއަކުން ޑިގުރީ ހާސިލު ކޮށްފައިވާ ދަރިވަރުން އެމްކިއުއޭއިން ގަބޫލު ކުރާ ފެންވަރުގެ ޕްރީ މާސްޓާސް ޕުރޮގުރާމެއް ފުރިހަމަ ކުރަން ޖެހޭނެ) ނުވަތަ؛ މެލޭޝިއާއިން ނޫނީ ރާއްޖޭގެ ސަރުކާރުން ގަބޫލު ކުރާ ފެންވަރުގެ ބެޗުލާސް ޑިގުރީއަކުން ސީޖީޕީއޭ ނަތީޖާ 2.00 އާއި 2.50 އާ ދޭތެރޭގެ ނަތީޖާއެއް ހޯދާފައިވުމާ އެކު ގުޅު ހުރި ދާއިރާއެއްގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވުމެވެ.
(ކޯހާއި ނުގުޅޭ ދާއިރާއަކުން ޑިގުރީ ހާސިލު ކޮށްފައިވާ ދަރިވަރުން އެމްކިއުއޭއިން ގަބޫލު ކުރާ ފެންވަރުގެ ޕްރީ މާސްޓާސް ޕުރޮގުރާމެއް ފުރިހަމަ ކުރަން ޖެހޭނެ) ނުވަތަ؛ ކޯހާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 8 ގެ ޑިޕްލޮމާއެއް ހާސިލު ކޮށްފައިވުމެވެ.
މާސްޓަރ އޮފް މާސް ކޮމިއުނިކޭޝަން
މި ކެޓަގަރީން ހުޅުވާލާފައިވަނީ ޖުމްލަ 5 ސްކޮލަޝިޕެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަހުގައި ދަރިވަރުން ކްލާހަށް ހާޒިރިވެގެން ކިޔަވުން ކުރިއަށް ގެންދާ ގޮތަށެވެ.
1 އަހަރުގެ މުއްދަތުގެ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތަކީ ކޮލެޖުން ގަބޫލު ކުރާ ފެންވަރުގެ ބެޗުލާސް ޑިގުރީއަކުން ސީޖީޕީއޭ ނަތީޖާ 2.50 އަށްވުރެ މަތިން ހާސިލުކޮށްފައިވުމެވެ.
(ކޯހާއި ނުގުޅޭ ދާއިރާއަކުން ޑިގުރީ ހާސިލު ކޮށްފައިވާ ދަރިވަރުން އެމްކިއުއޭއިން ގަބޫލު ކުރާ ފެންވަރުގެ ޕްރީ މާސްޓާސް ޕުރޮގުރާމެއް ފުރިހަމަ ކުރަން ޖެހޭނެ) ނުވަތަ؛ މެލޭޝިއާއިން ނޫނީ ރާއްޖޭގެ ސަރުކާރުން ގަބޫލު ކުރާ ފެންވަރުގެ ބެޗުލާސް ޑިގުރީއަކުން ސީޖީޕީއޭ ނަތީޖާ 2.00 އާއި 2.50 އާ ދޭތެރޭގެ ނަތީޖާއެއް ހޯދާފައިވުމާ އެކު ގުޅު ހުރި ދާއިރާއެއްގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވުމެވެ.
(ކޯހާއި ނުގުޅޭ ދާއިރާއަކުން ޑިގުރީ ހާސިލު ކޮށްފައިވާ ދަރިވަރުން އެމްކިއުއޭއިން ގަބޫލު ކުރާ ފެންވަރުގެ ޕްރީ މާސްޓާސް ޕުރޮގުރާމެއް ފުރިހަމަ ކުރަން ޖެހޭނެ) ކޯހާއި ގުޅުންހުރި ދާއިރާއަކުން ނުވަތަ ލެވެލް 8 ގެ ޑިޕްލޮމާއެއް ހާސިލު ކޮށްފައިވުމެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 13 މޭ 2023 އެވެ. ސްކޮލަރޝިޕްތަކާއި ބެހޭ މަޢުލޫމާތާއި އެޕްލިކޭޝަން ފޯމް، ވިލާ ކޮލެޖުގެ ވެބް ސައިޓް އަދި ކިއު،އައި ކެމްޕަހުނެ ލިބެން ހުންނާއެވެ.
ޓޭލާރސް ޔުނިވަރސިޓީ އަކީ ކިއު.އެސް ރޭނކިންގ ގައި މެލޭޝިއާގެ 1 ވަނަ ޕްރައިވެޓް ޔުނިވަރސިޓީ ގެ ގޮތުގައި ދަރަޖަ ކުރެވިފައިވާ އަދި ޢޭޝިއާގެ އެންމެ މަތީ 50 ޔުނިވަރސިޓީގެ ތެރޭގައި ދަރަޖަ ކުރެވިފައިވާ ޔުނިވާރސިޓީއެކެވެ. ޓެއިލާރސް ޔުނިވާސިޓީގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ހޮސްޕިޓާލަޓީ ޕްރޮގްރާމްތަކަކީ ކިޔު، އެސް ރޭންކިންގައި ދުނިޔޭގެ 16 ވަނައަށް ރޭންކް ކުރެވިފައެވެ.