އަންހެނަކަށް އެންމެ ބޭނުންވާނީ ކޮން ވިޓަމިންތަކާއި މިނަރަލްސް އެއް؟

4 މެއި 2023 - 16:26

ކޮންމެ މީހަކަށްވެސް ބޭނުންވާ ނިއުޓްރިޝަން އެމީހެއްގެ އުމުރާއި ސިއްހީ ހާލަތައް ބަލާފައި ތަފާތެވެ. މީގެ ތެރޭގައި ސީދާ އަންހެނުންނަށް ޚާއްސަ ކަންކަންވެސް ހުރެއެވެ. 

އަންހެނުންނަށް ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ބައެއް ނިއުޓްރިއެންޓްސް ގިނައިން ބޭނުންކުރުމުން ފައިދާ ލިބިދާނެ އެވެ. މި ލިޔުމުގައި ބަލާލާނީ އަންހެނަކު ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ބޭނުންވާ ބައެއް ވިޓަމިންތަކާއި މިނަރަލްތަކުގެ މައްޗަށެވެ. 

advertisement

ދަރިމައިވާ އުމުރުފުރާ

ދަރިން ލިބުމުގެ އުމުރު ދިގުދެމިގެންދަނީ ފުރާވަރުން ފެށިގެން މެނޮޕޯޒް އާއި ހަމައަށެވެ. މައްސަރު ކަންތައްތަކާއި ހޯރމޯންގެ ކަންތައްތަކުގެ ސަބަބުން މީހެއްގެ ނިއުޓްރިޝަން ބޭނުންވާ މިންވަރު ތަފާތުވެދާނެއެވެ. ކޮންމެ އަންހެނަކުވެސް ދަރިންހޯދާ ދުވަސްވަރު އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކައިގެން ބޭސްބޭނުންކުރުމަކީ އަބަދުވެސް އެދެވިގެންވާ ކަމެކެވެ. 

ވިޓަމިން ބީ 6 އަދި ވިޓަމިން ޑީ 

2017 ވަނަ އަހަރު ސައިންސްވެރިންގެ ގްރޫޕަކުން ވަނީ 15،000 އަށް ވުރެ ގިނަ މީހުންގެ ޑޭޓާއަށް ފޯކަސްކޮށްގެން ހަދާފައިވާ ދިރާސާއެއް ޝާއިއުކޮށްފަ އެވެ. އެމީހުންގެ ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި، ޖުމްލަކޮށް ބަލާއިރު، އުމުރުން 19-50 އަހަރުގެ އަންހެނުންނާއި ގާތުން ކިރުދޭ ނުވަތަ މާބަނޑު މީހުންނަށް ނިއުޓްރިޝަނަލް ދަށްވުމުގެ ފުރުސަތު އެހެން ގްރޫޕްތަކަށް ވުރެ ބޮޑެވެ. މީގެ ތެރޭގައި ވިޓަމިން ބީ6 (ޕެންޓޮތެނިކް އެސިޑް) އާއި ވިޓަމިން ޑީގެ މިންވަރު ދަށްވުން ހިމެނެއެވެ. 

އުމުރުން 19-50 އަހަރުގެ އަންހެނުންނަށް ދުވާލަކު 15 މިލިގްރާމް ވިޓަމިން ޑީ ބޭނުންވެއެވެ. އަދި މާބަނޑު ދުވަސްވަރު 1.3 މިލިގްރާމްގެ ވިޓަމިން ބީ6 ބޭނުންވާއިރު ގާތުން ކިރުދޭ ދުވަސްވަރު މި އުމުރުފުރައިގެ އަންހެނުންނަށް ދުވާލަކި 2 މިލިގްރާމް ބޭނުންވެއެވެ. 

އަޔޮޑީން

މާބަނޑު ދުވަސްވަރު ދަރިފުޅުގެ ސިނކުނޑީގެ ހެދިބޮޑުވުމަށް އަޔޮޑިން އަކީ ވަރަށް މުހިންމު އެއްޗެކެވެ. 

ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން 2012 ވަނަ އަހަރު ކުރި ގައުމީ ސާވޭއަކުން ދައްކާ ގޮތުގައި 20-39 އަހަރުގެ އަންހެނުންގެ އަޔޮޑިންގެ މިންވަރު ދިރާސާގައި ބައިވެރިވި އެހެން އުމުރުފުރާތަކުގެ މީހުނަށްވުރެ ދަށެވެ. މި އުމުރުފުރާގެ މީހުންނަކީ މާބަނޑުވުމުގެ ފުރުސަތު އެންމެ ބޮޑު އުމުރުފުރާއެވެ. މި އުމުރު ފުރައަށް ބޭނުންވަނީ އަޔޮޑީންގެ 150 މައިކްރޯ ގްރާމްއެވެ. އަދި ގާތުން ކިރުދޭ ދުވަސްވަރު 250 މިލިގްރާމް އަޔޮޑިން ބޭނުންވެއެވެ. 

ނަމަވެސް ޑޮކްޓަރު ލަފާދީގެން ނޫނީ މީހުން އަޔޮޑިން ސަޕްލިމެންޓް ބޭނުންކޮށްގެން ނުވާނެ އެވެ. ކޮންމެހެން ބޭނުން ނުވާ ދަގަނޑު ސަޕްލިމެންޓް ބޭނުންކުރުމަކީ ތައިރޮއިޑްއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. އަޔޮޑިންގެ މިންވަރާ މެދު ކަންބޮޑުވުންތަކެއް ހުރި ކޮންމެ މީހަކު ވެސް ޑޮކްޓަރެއްގެ ލަފާހޯދަންޖެހެއެވެ. 

ފޮލޭޓް ( ވިޓަމިން ބީ 9 ) 

ވިޓަމިން ބީ9 ގެ ނަމުންވެސް ނަންދެވިފައިވާ ފޮލޭޓަކީ ދަރިމައިވާ އުމުރުފުރައިގައި ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. އެއީ ދަރިފުޅުގެ ކޮމްޕްލިކޭޝަންތަކުގެ ނުރައްކާ ކުޑަކޮށްދީ، ޚާއްޞަކޮށް ބުރަކަށި އަދި ސިކުނޑިއާ ގުޅުންހުރި ކޮމްޕްލިކޭޝަންތައް ކުޑަކޮށްދޭ ވިޓަމިން އެކެވެ. މީގެ އިތުރުންވެސް ރެޑް ބްލަޑް ސެލްތައް އުފެއްދުމަށް އެހީތެރިވެދީ، ޕްރޮޓީން ހަޖަމުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ގިނަ ފަހަރަށް މީހުން ފޮލޭޓް އާއި ފޮލިކް އެސިޑް މި ލަފުޒުތައް ބަދަލުކޮށްގެން ބޭނުންކުރި ނަމަވެސް އެއީ ތަފާތުދެ އެއްޗެކެވެ. 

ފޮލިކް އެސިޑަކީ ވިޓަމިން ބީ9 އަށް އާންމުކޮށް ކިޔާ ލަފުޒެކެވެ. ވިޓަމިން9 ގުދުރަތީ ގޮތުން ލިބިދެވޭ ކާތަކެތީގެ ތެރޭގައި  ބިސް، ފެހި ފަތް ހުންނަ ތަރުކާރީ، އަދި ހުތް މޭވާ ފަދަ ކާނާ ހިމެނެއެވެ. 

ފޮލިކް އެސިޑަކީ ފޮލެޓްގެ ސިންތެޓިކް ވައްތަރެކެވެ. އެއީ ސަޕްލިމެންޓްތަކާއި ބައެއް ފޯޓިފައިޑް ކާނާތަކުގައި ހުންނަ އެއްޗެކެވެ. ފޮލެޓް ސަޕްލިމެންޓް ބޭނުންކުރުމަކީ ދަރިފުޅުގެ ހެދިބޮޑުވަމުން އަންނަ އިރު ބުރަކަށީގައި ނުވަތަ ސިކުނޑީގައި މައްސަލަތައް ހުއްޓުވުމަށް އެހީތެރިވެދޭ ކަމެކެވެ. 

އުމުރުން 18 އަހަރުން މަތީގެ މާބަނޑު ނޫން އަންހެނުންނަށް 400 މައިކްރޯ ގްރާމްގެ ފޮލިކް އެސިޑް ދުވާލަކު ބޭނުންވެއެވެ. މާބަނޑު ދުވަސްވަރު 600 މައިކްރޯ ގްރާމް ބޭނުންވާއިރު ގާތުނކިރުދޭ ދުވަސްވަރު 500 މައިކްރޯ ގްރާމް ބޭނުންވެއެވެ. 

އަޔަން ( ދަގަނޑުގެ މާއްދާ ) 

ގިނަ އަންހެނުންނަށް ދަރިމައިވުމުގެ އުމުރުފުރާގައި ދަގަނޑު މަދުވެއެވެ. އެއީ ކުޑަދަރިފުޅުގެ ހެދިބޮޑުވުމާއި، ގުނަވަންތައް އުފެދުމަށް މުހިންމު މާއްދާއެކެވެ. 

މީގެ އިތުރުންވެސް ހަކަތަ އުފެއްދުމާއި، ރެޑް ބްލަޑް ސެލް އުފެއްދުމާއި ހެދިބޮޑުވުމުގެ އިތުރުން ދިފާއީނިޒާމް ވަރުގަދަކުޑުމަށް މުހިންމު މާއްދާއެކެވެ. މާބަނޑު ދުވަސްވަރު 27 މިލިގްރާމްގެ ދަނޑު ބޭސް އަދި ގާތުންދޭ ދުވަސްވަރު 7 މިލިގްރާމް ބޭނުންވެއެވެ. 

ބަލިވެ އިނުމާއި ގާތުން ކިރުދިނުން

މާބަނޑުވުމާއި ގާތުން ކިރުދޭ ދުވަސްވަރު ނިއުޓްރިއެންޓްސް އަދި ވިޓަމިން މުހިންމެވެ. ދިރާސާތަކުން ދައްކާގޮތުން މާބަނޑު ދުވަސްވަރު ގިނަ މީހުން ވިޓަމިން ޑީ ދަށްވެއެވެ. 

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު ވިޓަމިން ޑީގެ މިންވަރު އެންމެ ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް ދުވާލަކު ގާތްގަނޑަކަށް 4،000 (އައިޔޫ) އަދި ގާތުން ކިރުދޭއިރު ދުވާލަކު 6،400 އައިޔޫ ބޭނުންވެ އެވެ.

އަޔޮޑިން އަކީ ސިކުނޑީގެ ދުޅަހެޔޮ ކަމަށް މުހިއްމު އެއްޗެކެވެ. މާބަނޑު އަންހެނުންނަށް އަދި ގާތުން ކިރުދޭ މީހުންނަށް 290 mcg މައިކްރޯ ގްރާމް ބޭނުންވެއެވެ. 

ކެވިދާނެ ބައެއް ކާނާތައް 

އަހެންނުން ކެއުން ރަނގަޅު ބައެއް ނިއުޓްރިޝަން އެކުލެވޭ ކާނާއި އާއި އެމާއްދާތައް ލިބިދެވޭ ކާނާތަކުގެ ތެރޭގައި : 

  • ފޮލޭޓް: މިމާއްދާ ގިނަ ކާތަކެތީގެ ތެރޭގައި ސްޕިނެޗް، ބަތް، އެވޮކާޑޯ، ބްރޮކޮލީ، އޮރެންޖް، އެސްޕަރޭގަސް، އަދި ސީރިއަލް ހިމެނެއެވެ.
  • އަޔޮޑީން: ކަނޑުމަހާއި، ބިސް، އަޔޮޑައިޒްޑް ލޮނު، އަދި ފޮނި ނުކުރާ ކިރު ހިމެނެއެވެ.
  • ވިޓަމިން ޑީ: މަސް، މަޝްރުމް، މޭ، ބިހުގެ ގޮބޮޅި.
  • އަޔަން: އެއްގަމު މަސް، ކަނޑުމަސް، ސްޕިނެޗް، މުގުގެ ބާވަތްތައް
  • ކެލްސިއަމް: ކިރުގެ ބާވަތްތައް، ޖޫސް، ސޭމަން، ކޭލް

ނިއުޓްރިޝަނަލް ލިބިދިނުމަށް އެންމެ ރަނގަޅު ގޮތަކީ ބެލެންސްޑް އަދި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމެވެ. ނަމަވެސް ބައެއް ފަހަރު ސަޕްލިމެންޓްތައް ނަގަން ޖެހިދާނެ އެވެ. އެކަށީގެންވާ ވަރަށް ވިޓަމިން ނުވަތަ މިނަރަލްސް ނުލިބިދާނެތީ ކަންބޮޑުވާ ކޮންމެ މީހަކު ވެސް ޑޮކްޓަރަކާ ނުވަތަ ޑައިޓީޝަނަކާ ވާހަކަ ދައްކަން ޖެހެ އެވެ. 

ރިއެކްޝަންސް
1
0
0
0
0
0
0