ތިލަފުށީގައި ގާއިމްކުރާ ނުރައްކާތެރި ކުންޔާއި ކެމިކަލް މެނޭޖްކުރުމުގެ ނިޒާމްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފި

7 މެއި 2023 - 13:36

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިއަށްގެންދާ ”އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް’ ޕްރޮޖެކްޓްގެ ދަށުން ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ތެރެއިން ތިލަފުށީގައި ގާއިމްކުރާ ނުރައްކާތެރި ކުންޔާއި ކެމިކަލް މެނޭޖްކުރުމުގެ ނިޒާމްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން އަރުވައިފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ގެޒެޓުކޮށްފައިވާ ލިޔުމުގައިވާގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމަށް، ގުޅުން ހުރި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

advertisement

ބީލަމާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން

މި ބީލަމާއި ގުޅިގެން ޕްރީ-ބިޑް މީޓިންގްއެއް 10 މެއި 2023 ވަނަ ދުވަހު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގައި ބޭއްވޭނެއެވެ. މި ބައްދަލުވުމުގައި ބީލަން ހުށައެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ނުވަތަ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ. ޕްރީބިޑް މީޓިންގްގައި ބައިވެރި ނުވާ ބޭފުޅުންނަށްވެސް ބިޑް ހުށަހެޅޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 10 މެއި 2023 ވަނަ ދުވަހުގެ 00:14 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އަދި އިސްވެދެންނެވުނު ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅޭ ސުވާލުތަކުގެ ޖަވާބުތައް މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) މެދުވެރިކޮށް 11 މެއި 2023 ވަނަ ދުވަހު އެރުވޭނެއެވެ.

pops.chem@environment.gov.mvއީމެއިލް އެޑްރެސް:

ކޮޕީ: procurement@environment.gov.mv 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 17 މެއި 2023 ވާ ބުދަ ދުވަހު 11:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 17 މެއި 2023 ވާ ބުދަ ދުވަހު 11:05 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0