މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

9 މެއި 2023 - 15:45

ކްރިމިނަލް ކޯޓާއި، ސިވިލް ކޯޓަށް އިސް ޤާޟީން ޢައްޔަންކޮށްފި

  • ސިވިލް ކޯޓުގެ އިސްޤާޟީ ކަމަށާއި، ކްރިމިނަލް ކޯޓުގެ އިސްޤާޟީކަމަށް ބޭފުޅުން އައްޔަންކޮށްފި
  • ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން ބުނީ ސިވިލް ކޯޓުގެ އިސްޤާޟީ ކަމަށް އައްޔަންކުރީ އެކޯޓުގެ ޤާޟީކަމުގައި ހުންނެވި ޅ.ހިންނަވަރު، މާތިލަ، އަލްއުސްތާޛު އާދަމް މުޙައްމަދު

ޕެންޝަން ފައިސާއިން ޙައްޖަށް ގެންދިއުމުގެ ފުރުޞަތު ހުޅުވާލައިފި

  • ޕެންޝަން ސްކީމްގެދަށުން މިއަހަރު މީހުން ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހުޅުވާލައިފި
  • ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން 80 އިންސައްތަ ދޫކުރެވޭގޮތަށް ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ 2019 އޮގަސްޓްގައި

ހުވަދޫގައި އާރުޓީއެލް ފަށަން ތައްޔާރުވަނީ

  • ހުވަދުއަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން، އެ އަތޮޅުތަކުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ބައްދަލުކޮށް މަޝްވަރާތައް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ފަށްޓަވައިފި
  • ސަރުކާރުން ވިދާޅުވީ ހުވަދު އަތޮޅުގައި އަންނަ ޖުލައި މަހު ކުރީކޮޅު އާރްޓީއެލް ފެރީގެ ޚިދުމަތް ފަށްޓަވާނެ

ހުޅުދުއްފާރު މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢުގެ ދަށުން

  • މި މަޝްރޫއުގެ ދަށުން ބަނދަރު ސަރަޙައްދުގެ އިތުރުން ދެން ހަދާނީ ރަށުގައި އެންމެ ގިނައިން ބޭނުންކުރަމުން އަންނަ މައި ފަސް މަގު
  • މިމަސްރޫޢުގެ ދަށުން އެރަށުގައި 3.2 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އޭބިޔޫ މީޑިއާ ސަމިޓު ފަށައިފި

  • ހަތްވަނަ އޭބީޔޫ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަން ކްރޮސްރޯޑްސް މޯލްޑިވްސްގައި ފަށައިފި
  • މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އައިމިނަތު ޝައުނާ
ރިއެކްޝަންސް
0
0
0
0
0
0
0