ޑިޕްރެޝަންއާއި ބޮލުގެ ރިހުމާއި ހުރި ގުޅުން
11 މެއި 2023 - 15:40
އާއްމުކޮށް ބޮލުގައި ރިއްސާ އުނދަގޫވާ މީހުންނަށް ޑިޕްރެޝަން އަށް މަގުފަހިވުމުގެ ފުރުސަތު ބޮޑެވެ. ޑިޕްރެޝަން އަށް ދިއުމުގެ ފުރުސަތު ބޮޑުވަނީ ބޮލުގައި ރިއްސުމުގެ ސަބަބުން މީހާގެ އާއްމު ދިރިއުޅުމުގެ ކަންކަމަށް ބުރޫއަރައި އެކަމާއި ވިސްނާ ސްޓްރެސް ބޮޑުވެގެންނެވެ.
- ބޮލުގެ ރިހުމާއި ނިދި – ޑިޕްރެޝަން ހުންނަނަމަ ރަނގަޅަށް ނިދަން އުނދަގޫވާނެއެވެ. އަދި ނިދި ހަމައަށް ނުލިބޭނެމަ ބޮލުގައި ރިއްސާނެއެވެ. މައިގްރެއިންގެ ސަބަބުން އަދި މިހާގެފިކުރު ބޮޑުވުމުންވެސް ބޮލުގައި ރިއްސާ ނިދުމަށް އަސަރު ކުރާނެ އެވެ. އަދި ނިދިމަދުވެ ވަރުބަލިވުމަކީވެސް ނަފްސާނީ ބަލީގެ އަސަރު ބޮޑުވާކަމެކެވެ.
- ފެންމަދުވުން – ޑިޕްރެޝަންގެ ސަބަބުން ގައިގެ ވަރުދެރަވެ، ކަންކަން ކުރަންހުންނަ ޝައުގުވެރިކަން ކުޑަވެގެންދެއެވެ. އެއީ ރަނގަޅަށް އެކަށީގެންވާ ވަރަށް ފެން ބޯން އުނދަގޫ ވުމާއި ނުކެއުމުގެ ސަބަބުންނެވެ. ޑީހައިޑްރޭޓް ވުމަކީ އޭނާގެ ހަށިގަނޑުގައި އެކަށީގެންވާ ވަރަށް މަދުވުމެވެ. ޑީހައިޑްރޭޝަން އަކީ ބޮލުގައި ރިއްސުމަށް މެދުވެރިވާ ސަބަބެކެވެ. ބޮލުގައި ރިއްސުން ހުއްޓުވުމަށް ކޮންމެ ދުވަހަކު އެކަށީގެންވާ ވަރަށް ފެން ބުއިމަކީ މުހިއްމު ކަމެކެވެ.
- ފިކުރުބޮޑުވުން – ނަފްސާނީ ބައްޔާއި އާއި ފިކުރުބޮޑުވުމަކީ މީހާގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ބުރޫއަރާފާނެ ކަމެކެވެ. ޑިޕްރެޝަންގެ އަލާމާތްތަކުގެ ތެރޭގައި ސަމާލުކަން ދޭން އުނދަގޫވުމާއި، ކުށްހީވުމުގެ އިހުސާސްތަކާއި، ހޮބީތަކަށް ޝައުގުވެރިކަން ގެއްލުމާއި، މަސައްކަތް ނުވަތަ މީހުންނާއި އެއްވެ އުޅޭ ކަންކަމުން ދުރުވެއެވެ. މި ފަދަ އަލާމާތްތަކުގެ ސަބަބުން ސްޓްރެސް އާއި ކަންބޮޑުވުމާއި ހާސްކަން ކުރިމަތިވެ، އަނެއްކާވެސް ބޮލުގައި ރިއްސަން ފަށާނެއެވެ.
ބޮލުގެ ރިހުމާއި ޑިޕްރެޝަން އާއި ގުޅުން ހުރުމުން، ޑިޕްރެޝަންގެ އާލާމާތެއް ފެންނަތާ ދެ ހަފްތާއަށް ވުރެ ގިނަވެއްޖެނަމަ ޑޮކްޓަރަށް ދައްކަންވާނެއެވެ. މިފަދަ ކަމަކުން ނޫންނަމަވެސް މާބޮޑަށް ބޮލުގައި ރިއްސާނަމަ ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެކެވެ.
ރިއެކްޝަންސް