މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
23 މެއި 2023 - 16:34
އީޕީއޭގެ ދިރާސާތަކަށް ހާއްސަ އުޅަނދު މި މަހު ރާއްޖެ ގެންނަނީ
- އީޕީއޭގެ ދިރާސާތަކުގައި ބޭނުންކުރަން ހާއްސަ ކުރާ އުޅަނދު މި މަހު ރާއްޖެ އަންނާނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން އިއްޔެ ބުނެފި
- “ތިމާވެށި” ނަން ދީފައިވާ މި އުޅަނދަކީ ކަޓަމަރައިން ޑިޒައިނަށް ފައިބަރުން ބަނދެފައިވާ 100 ފޫޓްގެ އުޅަނދެއް
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކޮށްފި
- ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކޮށްފި
- މި ބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި
މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުން އީވާ ވަކިކުރަން ހުށަހަޅައިފި
- ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަޤާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި
- ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަނީ އެމްޑީޕީއަށް ނިސްބަތްވާ ތިން މެމްބަރުން
މަނަދޫ އަތޮޅު ހޮސްޕިޓަލުގައި އައި.ސީ.ޔޫއެއް ހަދަން ހަވާލުކޮށްފި
ނ. މަނަދޫ އަތޮޅު ހޮސްޕިޓަލުގައި އައި.ސީ.ޔޫ އެއް ހެދުމުގެ މަސައްކަތް ކުރުމަށް އެލް.އެމް.އޭ އިންވެސްޓްމަންޓާއި އެކު ސޮއިކުރުން pic.twitter.com/gaOA3ggPm5— Ministry of Health (@MoHmv) May 22, 2023
- ނ. މަނަދޫ އަތޮޅު ހޮސްޕިޓަލުގައި އައި.ސީ.ޔޫއެއް ޤާއިމްކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި
- ހެލްތު މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ އެލް.އެމް.އެސް ނަމަކަށްކިޔާ ދިވެހި ކުންފުންޏަކާ
ބްރިޖު މަސައްކަތުގައި ލަސްކަމެއް އުޅުނަސް، މަސައްކަތް ކުރިއަށްދޭ: އަސްލަމް
- ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީޚުތަކަށް ކުރިއަށް ނުދިޔަނަމަވެސް މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް މިނިސްޓަރއަސްލަމް ބުނެފި
- އަސްލަމް މިހެން ބުނީ ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށްދާ ގޮތުގެ ތަފްޞީލް ހޯދުމަށް މެމްބަރު އިބްރާހީމް ރަޝީދު ކުރި ސުވާލަށް ޖަވާބު ދެމުން
ރިއެކްޝަންސް