މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
28 މެއި 2023 - 16:34
މަގޫދޫ އެއަރޕޯޓް ވެގެންދާނީ ރާއްޖޭގެ އެންމެ ޒަމާނީ އެއަރޕޯޓަށް: ރައީސް
- ފ.މަގޫދޫގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ އެއަރޕޯޓް ވެގެންދާނީ މާބޮޑަށްވެސް ކުރިއަރާފައިވާ އެއަރޕޯޓަކަށްކަމަށް އިބްރާހީމް މުޙައްމަދު ޞާލިޙް ބުނެފި
- މަގޫދޫ ރައްޔިތުންނާ މުހާޠަބުކޮށް ވާހަކަ ދައްކަމުން ރައީސް ބުނީ ފ.އަތޮޅުގެ އާބާދީ ކުޑަނަމަވެސް އެ އަތޮޅަކީ ތަރައްގީކުރަންޖެހޭ އަތޮޅެއްކަމަށް
ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމުގެ ދައުވަތު 15 ޤައުމަކަށް
ރިޔާސީ އިންތިޚާބު 2023 އޮބްޒާވްކުރުމަށް، 15 ގައުމެއްގެ އިލެކްޝަންސް އިދާރާއަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާ ގައި ރަސްމީކޮށް ދައުވަތު ފޮނުވައިފި. @ElectionsMv @mvpeoplesmajlis @MoFAmv pic.twitter.com/mwglr0yaqQ— Ismail Habeeb (@IsmailHabeeb) May 27, 2023
- މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކަންކަން އޮބްޒާވްކުރުމުގެ ދައުވަތު 15 ޤައުމަކަށް އިލެކްޝަންސް ކޮމިޝަނުން ދީފި
- ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު
އެމްޑީޕީގެ ތެރެއިން ރައީސަށް ފުރިހަމަ އެއްބާރުލުންދޭނަން: މެންބަރު ޙަލީމް
- ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ދަމަހައްޓަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އަޙްމަދު ޙަލީމް ބުނެފި
- އަޙްމަދު ޙަލީމް ބުނީ އެމް.ޑީ.ޕީން މަސައްކަތް ކުރާނީ މީގެކުރިންވެސް މަސައްކަތްކުރިގޮތަށް ރައީސް ޞާލިޙާއާއެކު ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން އެންމެ ފުރިހަމައަށް ދީގެން ކަމަށް
މިހާތަނަށް 1716 ކްލާސްރޫމްގެ މަސައްކަތް ކުރިއަށްދޭ: މިނިސްޓަރ
— The President's Office (@presidencymv) May 28, 2023
- މި ސަރުކާރުން މިހާތަނަށް 1700 އަށްވުރެ ގިނަ ކްލާސްރޫމް ސްކޫލްތަކުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން ގެންދަކަމަށް މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ބުނެފި
- މިނިސްޓަރ މިހެން ބުނީ ފ. ބިލެތްދޫ ސްކޫލުގައި ސަރުކާރުން ތަރައްޤީކުރި މަލްޓިޕަރޕަސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން
ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި ކުޑަކުއްޖަކަށް އަނިޔާވެގެން ފަރުވާދެނީ
- ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި ކުޑަކުއްޖަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި
- ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުޤީޤްކުރަމުންދާކަމަށް
ރިއެކްޝަންސް