މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

31 މެއި 2023 - 16:08

މ. މަޑުއްވަރީ ޕޮލިސް ޕޯސްޓް ރަސްމީގޮތުން ހުޅުވައި ހިދުމަތްދޭން ފަށްޓައިފި

  • މ. މަޑުއްވަރީގައި ގާއިމުކުރެއްވި ޕޮލިސް ޕޯސްޓު ރަސްމީގޮތުން ހުޅުވައިފި
  • ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު

ކޮމަންޑޫގައި 30 ފްލެޓް އަޅަން އާރުސީސީއާ ހަވާލުކޮށްފި

  • ށ. ކޮމަންޑޫގައި 30 ފްލެޓް އިމާރާތްކުރަން 41 މިލިއަން ރުފިޔާ އަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓް އާ ހަވާލުކޮށްފި 
  • ޕްލޭނިން މިނިސްޓްރީން ބުނީ އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރުއޫގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް

ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭ އިސްލާހު މުޅި މަޖިލީހުގެ ކޮމެޓީއަށް

  • ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އިންތިހާބުތަކުގައި ވޯޓުލުމަށް މަގުފަހިކުރުމަށް މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވައިފި
  • މި އިސްލާހު މަޖިލީހަށް ބަލައިގަނެ ކޮމެޓީއަށް ފޮނުއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ އިއްތިފާގުން

މިފްކޯއިން މަސްވެރިންނަށް 599 މިލިއަން ރުފިޔާ ދޫކޮށްފި

Fishermen use pole and line fishing method to catch skipjack tuna. Pole and line fishing is a selective and therefore more sustainable way to catch tuna as only fish of a certain size are caught, leaving juveniles to grow to spawning age and replenish the stock in the future. Small bait fish are thrown over the side of the boat to lure the tuna to the water surface. The fishermen use the acceleration of the fish as they race to get their prey, hook them and fling them onto the ship’s flat deck.
  • މިއަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންގެ އަތުން ގަނެފައިވާ މަހަށް 599 މިލިއަން ރުފިޔާ ދޫކޮށްފި
  • މި އަދަދަކީ 2022 ވަނަ އަހަރުގެ މި މުއްދަތުގައި މަސް މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދަށްވުރެ %31 އިތުރު އަދަދެއް

އެޑިއުކޭޝަން މިނިސްޓަރ މެންބަރު އިބްރާހީމް ނަސީމްއާ ބައްދަލުކޮށްފި

  • އެޑިއުކޭޝަން މިނިސްޓަރ, ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމްއާ ބައްދަލުކޮށްފި
  • މި ބައްދަލުކުރެއްވުމުގައި އެ ދާއިރާގެ ސްކޫލްތަކުގައި އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރި
ރިއެކްޝަންސް
0
0
0
0
0
0
0