ދަރިފުޅު ސްކޫލްގައި ކިޔަވާ މާއްދާތަކަށް ޝައުގުވެރިކުރުމަށް ކުރެވިދާނެ ބައެއް ކަންކަން

7 ޖޫން 2023 - 15:34

ސްކޫލް ދުވަސްވަރަކީ އަހަރެމެންގެ ހަޔާތުގެ އެންމެރަނގަޅު އަދި އެންމެ ހިތްހަމަޖެހޭ ދުވަސްވަރެވެ. ސްކޫލްގައި ހެދިފައި ހުންނަ ގަވާއިދުތައް ފިޔަވައި އެހެން ހުރިހާ ކަމަކަށް އަހަރެމެން ލޯބިކުރަމެވެ. އަހަރެމެން އެންމެ ކުޅޭހިތްވާ ކުޅިވަރުން ފެށިގެން ކިޔެވުމުގެ އިތުރު ޙަރަކާތްތަކަކީ ވަރަށް އުފާވެރިކޮށް ހޭދަކޮށްފައިވާ ވަގުތެވެ. އެވެސް އެންމެ ގާތްއެކުވެރިންނާއި އެކު ކުރެވޭ ކަންކަމަށްވާތީ އެއީ ވަރަށް އުފާވެރިވަގުތެކެވެ. 

މިއާއި އެކު އަހަރެމެންގެ ކިޔެވުމުގެ ކަންކަން ކިހިނެއްބާ؟ 

އަހަރެމެން ވަކި ޓީޗަރެއްދެކެ މާ ގަޔާވާނަމަ އެ ޓީޗަރަކު ކިޔަވައިދޭ މާއްދާ އަކަށް ޝައުގުވެރިކަން ބޮޑުވެއެވެ. އަދި ހަމަ އެއާއި އެކު އަހަރެމެން ޝައުގުވެރިވާ މާއްދާއަކަށް ޝައުގުވެރިކަން ބޮޑެވެ. ރަނގަޅު ޓީޗަރަކު ކިޔަވައިދޭ މާއްދާ ޝައުގުވެރިވުމުގެ އިތުރުން މަޖާވެސް ވާނެއެވެ. 

advertisement

އެކަމަކު އަހަރެމެންނަށް ކަމުނުދާ ނުވަތަ އުނދަގޫވާ މާއްދާތަކާ މެދު ކުރަނީ ކޮންކަމެއް ހެއްޔެވެ. ވަކި މާއްދާއެއް ކަމުދާއިރު އަނެއް މާއްދާއެއް ކަމުނުދަނީ ކީއްވެތަ؟  މިސާލަކަށް ބައެއް ދަރިވަރުންނަށް ލޮޖިކް އަށް ތަބާވާން ފަސޭހަ ވުމުން ހިސާބު ވަރަށް ކަމުދެއެވެ. 

އަނެއްކޮޅުން ބައެއް ކުދިން ހިސާބަށް އެހާ ޝައުގުވެރިއެއް ނޫނެވެ. އެންމެ ބޭސިކް ކަލްކިއުލޭޝަން ހަދަން ބައެއް ކުދިންނަށް އުނދަގޫތަކާއި ކުރިމަރިވެއެވެ. މިއާއި އެއްގޮތަށް ބައެއް ކުދިން ސައިންސްގެ ބަދަލުގައި ހިސްތްރީ ކިޔަވާހިތްވެއެވެ. އަދި އިނގިރޭސި ކިޔެވުމަށްވުރެ ބައޮލޮޖީ ކިޔެވުމަށް ޝައުގުވެރިވެއެވެ. 

މިސާލަކަށް އަހަރެންނަކީ ހިސާބު މާއްދާ އުނދަގޫ ދަރިވަރެއް ނަމަވެސް އަކިޓެކްކްޗަރ އިން ޑިގްރީއަށް ކިޔަވަން ބޭނުންވާ ދަރިވަރެކެވެ. އެހެން ކަމުން އަހަރެން އަހަރެން ހަދާނީ ކިހިނެތް ހެއްޔެވެ. އަހަރެން މޮޅު ނޫން މާއްދާތައް ކިޔަވަން އަހަރެން ޝައުގުވެރިވާނީ ކިހިނެތް ހެއްޔެވެ. 

އުނދަގޫވާކަން ދެނަގަތުން

ފުރަތަމަ ކަމަކީ ކުއްޖާ ބޭނުންވާ އެންމެ އުނދަގޫވެގެން އުޅޭ މާއްދާ ދެނަގަތުމެވެ. ހިސާބު ކިޔަވާ ހިތްނުވާ ކުއްޖާ އެމާއްދާ ކިޔަވާ ހިތްނުވަނީ ކީއްވެތޯ ބަލާށެވެ. އެއީ ޝައުގުވެރި ނުވަނީ ތޯ ނޫނީ ނޭނގެނީތޯ ބަލާށެވެ. އެހެން ކަމަށްވާނަމަ ކުއްޖާ އަށް އެމާއްދާއަށް ޝައުވެރިވާން ނުވަތަ ދަސްވާނެ އެހެން ގޮތްތައް ހޯދަން މަސައްކަތް ކުރާށެވެ.

ކުއްޖާއަށް ވަކިން އެހެން ތަނެއްގައި ކިޔަވައިދިނުން

ބައެއްފަހަރު ކުދިންނަށް މާގިނަ ކުދިންނާއި އެކު ކިޔަވަން އުނދަގޫވެދާނެއެވެ. އެހެން ކަމަށްވާނަމަ އަޑުމަޑު މާހައުލެއްގައި ކިޔެވުމަށް ފުރުސަތުދޭށެވެ. އަދި ކްލާހުގައި ބޭނުންކުރާ މެތަޑް ނޫން އެހެން މެތަޑް ބޭނުންކޮށްގެން ދަސްކޮށްދޭށެވެ. 

ކުދިންނަށް ކިޔަވަން މޮޅު ނޫން މާއްދާތައް ނުކިޔަވާ ދޫކޮށްނުލާ, ކުއްޖާ ޝައުގުވެރިވާ ގޮތަކަށް ކިޔަވައި ދިނުމަކީ ބައެއް ފަހަރު އެކަމަކަށް ޝައުގުވެރިކަން އުފެދި އެފަދަ ކަންކަން ކުރަން ބޭނުންވާ ކަމެކެވެ. ކަން އާއްމުކޮށް ކުރާގޮތް ނޫން އެހެން ގޮތަކަށް ދަސްކޮށްދީ ކުރުމަކީވެސް ކުރިން ކުރަން ބޭނުންނުވާ ކަންކަމަށް ޝައުގުވެރިވާ ކަމެކެވެ.

ރިއެކްޝަންސް
0
1
0
0
0
0
0