ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދުތައް 8.3 ބިލިއަން ރުފިޔާ އިތުރުވެއްޖެ

12 ސެޕްޓެމްބަރ 2020 - 11:51

ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދުތައް 8.3 ބިލިއަން ރުފިޔާ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދުތައް އުޅެނީ 17.1 ބިލިއަން ރުފިޔާގައެވެ. ނަމަވެސް މި މުއްދަތުގައި އާމްދަނީއާއި ހިލޭ އެހީގެގޮތުގައި ދައުލަތަށް ލިބިފައިވަނީ 8.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދުތައް ވަނީ 8.3 ބިލިއަން ރުފިޔާ އިތުރުވެފައެވެ.

advertisement


ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ދައުލަތުން ކޮށްފައިވާ ހަރަދުތަކުގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ރިކަރަންޓް ހަރަދުތަކަށެވެ. ރިކަރަންޓް ހަރަދުތަކަށް 69 އިންސައްތަ ވަނީ ހަރަރުކޮށްފައެވެ. ބާކީ 31 އިންސައްތަ ހަރަދުކޮށްފައިވަނީ ކެޕިޓަލް ހަރަދުތަކަށެވެ. ރިކަރަންޓް ޙަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ޙަރަދުކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި، އެލަވެންސްތަކާއި، ޕެންޝަންއަށެވެ.

އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. ޓެކްސްގެ ގޮތުގައި ދައުލަތައް 7.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން ގޮތްގޮތަށް 1.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ހިލޭ އެހީގެ ގޮތުގައި މި މުއްދަތުގައި 188.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އާމްދަނީގެ ގޮތުގައި އެންމެ ބޮޑުބައެއް ޓެކްސްގެ ގޮތުގައި ލިބިފައިވާއިރު މިއީ 81 އިންސައްތައެވެ. 3 ބިލިއަން ރުފިޔާއާއިއެކު ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. ބީޕީޓީއިން 2.5 ބިލިއަން ރުފިޔާ މި މުއްދަތުގައި ދައުލަތައް ވަނީ ލިބިފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0