ބްރޯޑްކޮމް ހިންގުމަށް ހުރި ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފި

13 ސެޕްޓެމްބަރ 2020 - 18:11

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ހިންގުމުގައި ހުރި ދަތިތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ ހިއްސާކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރުން ވަނީ އެ ކޮމިޝަނަށް ކުރިމަތިވެފައިވާ ދަތިތަކާއި ބްރޯޑްކާސްޓިންގް ދާއިރާ ތަރައްގީކުރުމާއި އެ ދައިރާގައި މަސައްކަތްކުރާ ފަރާތްތައް ތަމްރީންކުރުމަށް ހުރި ދަތިތައް ރައީސްއާ ހިއްސާކުރައްވާފައެވެ. އެ ގޮތުން މިހާތަނަށް ވެސް ބަޖެޓް ދީފައި ވަނީ ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތަކާއި ހިންގުމުގެ ހަރަދަށް އެކަނިކަން މެންބަރުން ވަނީ ފާހަގަކޮށްފައެވެ. ދާއިރާ ތަރައްގީކޮށް މޮނިޓަރިންގެ މަސައްކަތް ކުރުމަށް ގާނޫނީ ގޮތުން ކޮމިޝަންގެ މައްޗަށް މަތިކޮށްފައިވީ ނަމަވެސް އެކަމަށް ބޭނުންވާ ބަޖެޓް ނުލިބޭކަން ކޮމިޝަންގެ މެންބަރުން ފާހަގަކުރެއްވި އެވެ.

advertisement

ރަށްރަށާއި ރިސޯޓްތަކުގައި ރީބްރޯޑްކާސްޓްކުރާ ފަރާތްތައް މޮނީޓާ ކުރުމަށް ހުރި ދަތިތަކާއި ގަވާއިދާ ހިލާފަށް ބްރޯޑްކާސްޓްކުރުން ހުއްޓުވުމަށް ބްޖެޓް ނެތުމުގެ ސަބަބުން ހުރި ދަތިތައް ވެސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި ގަވާއިދާ ހިލާފަށް ޚިދުމަތް ދޭ ފަރާތްތަކުގެ މައްސަލަތައް ބެލުމުގައި ފުލުހުންނާއި ޓުއަރިޒަމް މިނިސްޓްރީ އާއި ބައެއް ކައުންސިލްތަކުން އެކަށީގެންވާ އެއްބާރުލުން ނުލިބޭތީ އާއި ގާނޫނީ ގޮތުން އެކަމަށް ހުރަސްތައް ހުރިކަން ވެސް ކޮމިޝަނުން ވަނީ މި ބައްދަލުވުމުގައި ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކޮމިޝަން އުފެދުނީއްސުރެ ކޮމިޝަންގެ މުވައްޒަފުންނަށް އެއްވެސް ކުރިއެރުމެއް ދީފައި ނުވުމާއި މަސައްކަތްކުރަމުން އަންނަ އިމާރާތް ބާވެ ކަރަންޓްގެ މައްސަލަތަކުގެ ސަބަބުން ތަކެއްޗަށް ގެއްލުން ލިބި ރިކަރަންޓް ހަރަދު ބޮޑުވުން ފަދަ މައްސަލަތައް ކުރިމަތިވަމުންދާކަން ކޮމިޝަންގެ މެންބަރުން ފާހަގަކުރައްވާފައި ވެއެވެ.

ކޮމިޝަނުން ވަނީ ގާނުނުގައި ހުރި މައްސަލަތައް ވެސް ރައީސްއާ ހިއްސާކުރައްވާފައެވެ. އެ ގޮތުން 2010 ވަނަ އަހަރު ވުޖޫދަށް ގެނައި ބްރޯޑްކާސްޓިންގް ގާނޫނަށް އިސްލާހްތައް ގެނެވިފައި ނުވުމުގެ ސަބަބުން ދާއިރާ އަށް އައި ބަދަލިތަކާ އެކު އުފެދުނު މައްސަލަތަކަށް ގާނޫނީ ހައްލެއް ލިބިފައި ނުވާކަން މެންބަރުން ފާހަގަ ކުރެއްވިއެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމަށް ފަހު މީޑިއާ ކޮމިޝަނެއް އުފައްދާ އިރު ގާނޫނަށް އިސްލާހުތަކެއް އަންނަންޖެހޭ ކަމަށާއި ދެ އިދާރާ އެއްކޮށްލުމުގެ މަސައްކަތް ކުރިއަށްދާއިރު މުވައްޒަފުންނަށް ވާނެ ގޮތެއް ނޭނގޭތީ މުވައްޒަފުންގެ ކަންބޮޑުވުންތައް ވެސް ހުރިކަން ކޮމިޝަނުން ވަނީ ރައީސްއާ ހިއްސާކުރައްވާފައެވެ. ބްރޯޑްކޮމް އަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ މި ބައްދަލުވުމުގައި ދެއްވާފައ

ރިއެކްޝަންސް
0
0
0
0
0
0
0