މި ޕާޓީ ބައިބައި ނުވާނެ، އަބަދުވެސް ހިޔާލު ތަފާތުވާނެ: ނަޝީދު

14 ސެޕްޓެމްބަރ 2020 - 17:59

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގައި އަބަދުވެސް ހިޔާލު ތަފާތުވުން އޮންނާނެ ކަމަށާއި ނަމަވެސް އެ ޕާޓީ ބައިބައި ވެގެން ނުދާނެ ކަމަށް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާރު އިސްމާއީލް މަގާމުން ދުރުކުރުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން މަސައްކަތްތަކެއް ފައްޓަވާފައިވާ މި ދަނޑިވަޅުގައި އެމްޑީޕީގެ މެންބަރުން ވަޓްސްއަޕް ގްރޫޕަކަށް އެމަނިކުފާނު ފޮނުއްވި މެސެޖްގައި ކަންބޮޑު ނުވުމަށް މެންބަރުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ. މިއީ އާންމު މެންބަރުންނަށް އެމަނިކުފާނު ފޮނުއްވި މެސެޖެކެވެ.

advertisement

ގިނަ ކަންތައްތަކަކަށް ތުހުމަތުތައް ކުރައްވައި ފައްޔާޒުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މަޖިިސް ރިސެސް އަށް ދިއުމުގެ ކުރިން ފެއްޓެވި މަސައްކަތް ވަރުގަދަކުރެއްވުމަށް އެމަނިކުފާނު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހަށް މައްސަލަ ހުށަހެޅުމަށް ވެސް ޕާޓީގެ ޗެއާޕާޝަން އަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

މި މައްސަލާގައި ޕާޓީގެ މެންބަރުންގެ ހިޔާލު ވެސް ވަނީ ވަރަށް ބޮޑަށް ދެބައި ވެފައެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ އިރު މި މައްސަލައާ ގުޅިގެން ޕާޓީ ވަރަށް ބޮޑަށް ބައިބައި ވެގެން ހިނގައިދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަނެއްކޮޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ފައްޔާޒުގެ ދިފާއުގައި ފާޅުގައި ނުކުންނަވާފައެވެ. އެއާ އެކު މަޖިލީހުގެ މެންބަރުން ވެސް ވަނީ ދެބައި ވެފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0