ހުޅުމާލޭ ހޮސްޕިޓަލްގައި ދަތުރުވެރިންނަށް ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސައިފި

16 ސެޕްޓެމްބަރ 2020 - 15:11

ހުޅުމާލޭ ހޮސްޕިޓަލްގައި ދަތުރުވެރިންނަށް ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި އަދި ބިދޭސީންނަށްވެސް ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.

ޓެސްޓުހަދަން ބޭނުންވާ ފަރާތްތަކުން އެ ހޮސްޕިޓަލް ނަންބަރު 1417އަށް ގުޅައި، މެމޯ ހެއްދައްޖެއެވެ. ދަތުރުކުރާ ފަރާތްތަކުން ޕީސީއާރް ޓެސްޓްހަދަންޖެހެނީ ފުރުމުގެ ތިން ދުވަސް ކުރިންނެވެ. ދަތުރަށް ފުރުމުގެ 48 ގަޑިއިރު ކުރިން ޓެސްޓުކުރުމަށް ސާމްޕަލް ނެގުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ. ހުޅުމާލެ ހޮސްޕިޓަލުން ދަތުރުވެރިންނަށް ޚާއްސަކޮށްގެން ޓެސްޓުކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު 20 ސާމްޕަލްއެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށްދާނީ މެންދުރުފަހު 13:30އިން ހަވީރު 15:30އަށް ހޮސްޕިޓަލްގެ އީއާރް ގޭޓްގައި ހަދާފައިވާ ސާމްޕްލިންގ ބޫތުންނެވެ. ދިވެހިންނާއި ބިދޭސީންނަށްވެސް ޕީސީއާރް ޓެސްޓް ހަދައިދެނީ 1534ރުފިޔާއަށްކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޓެސްޓް ހެދޭނި އައިޑީ ކަރޑް ނުވަތަ ޕާސްޕޯޓް ކޮޕީއާއި، ޓިކެޓް ނުވަތަ ރިސަވޭޝަން ސްލިޕް ހުށައެޅުމުންނެވެ. އަދި ބިދޭސީއެއްނަމަ ޕާސްޕޯޓުގެ ކޮޕީއާއި ޓިކެޓް ނުވަތަ ރިޒަވޭޝަން ސްލިޕް ހުށައަޅަންޖެހޭނެއެވެ.


advertisement
ރިއެކްޝަންސް
0
0
0
0
0
0
0