އޮގަސްޓް މަހުގެ އިންކަމް ސަޕޯޓް އެލަވަންސްއަށް މިމަހުގެ ނިޔަލަށް ހުށައެޅޭނެ

17 ސެޕްޓެމްބަރ 2020 - 15:16

އޮގަސްޓްމަހުގެ އިންކަމް ސަޕޯޓް އެލަވަންސްއަށް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުށައަޅަންޖެހޭނެކަމަށް ޖޮބް ސެންޓަރުން ބުނެފިއެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަކީ ކޯވިޑް19 ގެ ސަބަބަނުން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ހަމަޖެއްސުމަސް ސަރުކާރުން ދެމުންއަންނަ އިނާޔަތެކެވެ.
އޮގަސްޓްމަހުގެ އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި ހުށައެޅުމުގެ މުއްދަތު މިމަހުގެ 30ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ޖޮބް ސެންޓަރުން ވަނީ ބުނެފައެވެ.
ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 6388 މީހަކަށް ސަރުކާރުން ވަނީ އެލަވަންސް ދޫކޮށްފައެވެ. މިއީ މުޅި ޖުމްލަ 59.1 މިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

advertisement

އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ދާދިފަހުން ވަނީ ބަދަލުވެސް ގެނެސްފައެވެ. މި ބަދަލުގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، 1 ޑިސެންބަރު 2019 ގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސްއަށް އެދި ހުށައެޅޭނެކަމަށެވެ. މީގެކުރިން އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ މާރޗުމަހުގެ އެއްވަނަ ދުވަހުގެ ފަހުން، މުސާރައަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0