ގދ. ތިނަދޫ ކޯވިޑް ފެސިލިޓީގެ މަސައްކަތް އަންނަ މަހަށް ނިމޭނެ – އެމްޓީސީސީ

29 ސެޕްޓެމްބަރ 2020 - 12:10

ގދ. ތިނަދޫގައި ތަރައްޤީކުރާ ކޯވިޑް ފެސިލިޓީގެ މަސައްކަތް އަންނަމަހު ނިންމާލެވޭނެ ކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ، ގދ ތިނަދޫ ކޯވިޑް19 އަށް ފަރުވާދޭ ފެސިލިޓީގެ މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާކަމަށެވެ. މި މަސައްކަތުގެ 15 އިންސައްތަ މިހާރު ނިމިފައިވާކަމަށާއި މި މަޝްރޫޢުގެ މަސައްކަތް އަންނަމަހުގެ 14 ވަނަ ދުވަހަށް އެއްކޮށް ނިންމާލެވޭނެކަމަށްވެސް އެމްޓީސީސީއިން ވިދާޅުވެއެވެ. ތިނަދޫ ކޯވިޑް19 ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން ތިނަދޫގައި ތަރައްޤީކުރަމުންދަނީ 22 އެނދުގެ ޖާގައިގެ މެޑިކަލް ފެސިލިޓީއެކެވެ. ތިނަދޫ މެޑިކަލް ފެސިލިޓީގައި އިންޓެންސިވް ކެއަރ ޔުނިޓް، އައި.ސީ.ޔޫވެސް ޤާއިމުކުރެވޭނެއެވެ.

advertisement


ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންނަށް ފަރުވާ ދިނުމަށްޓަކާ ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން، ރާއްޖޭގެ 5 ސަރަޙައްދެއްގައި ސަރުކާރުން ވަނީ ޚާއްސަ މެޑިކަލް ފެސިލިޓީތަކެއް ޤާއިމުކޮށްފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0